ރައީސް ޞާލިހު މިއަދު ޑޯޓުޑޯ ކުރިއަށް ގެންދެވީ ވިލިމާލޭގައި!

ރައީސް ޞާލިހު މިއަދު ޑޯޓުޑޯ ކުރިއަށް ގެންދެވީ ވިލިމާލޭގައި!

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2023 09:13
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ވިލިމާލޭގައި ދޮރުން ދޮރަށް ހިނގައިފިއެވެ.

ރައީސް ޞާލިހުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ މާލެ ސަރަހައްދެވެ. ފުރަތަމަ ބުރުގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރުގައި ރައީސް ޞާލިހު އެއްވެސް ވަރަކަށް ކެމްޕޭންގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައި ނުގަންނަވައެވެ. މުޅިންވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގައެވެ.

ރައީސް ޞާލިހު ވަނީ ކެމްޕޭންގައި މިއަދު ހަވީރު ވިލިމާލެއަށް ވަޑައިގެން ވިލިމާލޭގެ ބައެއް ގޭގެއަށް ވަޑައިގެން ޑޯޓުޑޯ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވަނީ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހު ދެވަނަ ބުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާލެ ސަރަހައްދަށް ކަމަށް ވަނީ ވިދާޅުވެފައެވެ. މާލޭގައި ރައީސް ވަނީ ފާއިތުވދިޔަ ހަފްތާގައިވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.