ލ. ގަމުން ބުނީ މިފަހަރު ޗޮއިސްއަކީ މުއިއްޒުކަމަށް!

ލ. ގަމުން ބުނީ މިފަހަރު ޗޮއިސްއަކީ މުއިއްޒުކަމަށް!

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2023 09:03
0

ލ. ގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ނިކުމެ އެރަށުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އޮތް ތާއީދު ދައްކާލައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 7 ދުވަހަށް ވެފައިވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގެންދަނީ މުޅި ރާއްޖޭގައި ވަރަށް ފޯރީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުންގެ ބޮޑު ތާއީދެއް ލިބުނު ނަމަވެސް ދެވަނަ ބުރު ކާމިޔާބު ކުރުމަށް އިދިކޮޅު ކޯލިޝަނުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ކެމްޕޭންގައި މިއަދު ހަވީރު ލ.ގަމުގައި ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް އޮތް ތާއީދު ދައްކާލައި، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވުމެއް ބާއްވާފައެވެ. ގަމުގެ ސާފު މެޖޯރިޓީ މުއިއްޒަށް ހޯދުމަކީ އެރަށުގެ އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު އަމާޒެވެ. ދެވަނަ ބުރުގައި މުއިއްޒަށް އިންތިޚާބު ކާމިޔާބު ކުރުމަށް ފުރަތަމަ ބުރުގައި ގަމުން މަސައްކަތް ނުކުރާ ބައެއް ބޭފުޅުންވެސް ވަނީ މުއިއްޒުގެ ކެމްޕޭނައި ގުޅި ކެމްޕޭނަށް ނިކުމެފައެވެ.

ކެމްޕޭން ޓީމުތައް މުޅި ރާއްޖޭގައި ހުއްޓުމެެއްނެތި އެކި ހަރަކާތްތައް ހިންގާއިރު، ކެންޑިޑޭޓް މުއިއްޒު ގެންދަވަނީ އެކި ރަށްތަކަށް ވަޑައި ގަންނަވަމުންނެވެ. އަދި ރަނިންމޭޓް ސެމްބެ ހުންނެވީ މިވަގުތު ކެމްޕޭނަށް ލަންކާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެލެކްސް
ސާބަހޭ އަސްލު ދިވެހި ދިވެހިވަންތަދަރީން
މ މުހަންމަދު
ކޮއްމެ ބޭފުޅަކުވެސް ކެންޕޭނަށް ރައްރަށަށް ދިއުމުން ފެންނަނީ މިފަދަ މަންޒަރު. ރައްޔިތުން ނިކަން ސްމާޓްވާނެ.