ޕީޖީ އޮފީހުގެ ލިޔުންތައް ކޯޓުތަކަށް އޮންލައިންކޮށް ފޮނުވަން ފަށައިފި

ޕީޖީ އޮފީހުގެ ލިޔުންތައް ކޯޓުތަކަށް އޮންލައިންކޮށް ފޮނުވަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2023 02:50
0

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔުންތައް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި އޮންލައިންކޮށް ލިޔުންތައް ފޮނުވަން ފަށައިފިއެވެ.

ޕީޖީ އޮފީހުން ދާދިފަހުން ތައާރަފްކުރި އޮންލައިން ގަވަރުމަންޓް ސާވިސް ޕްލެޓްފޯމުގެ ތެރެއިން، އެންމެ ފުރަތަމަ އޮންލައިންކޮށް ލިޔުންތައް ފޮނުވަން ފެށީ ޑްރަގް ކޯޓަށެވެ. ޕީޖީ އޮފީހުން މިއަދު ބުނީ ޑްރަގް ކޯޓުން ވެސް އެ އޮފީހަށް ފޮނުވާ ހުރިހާ ލިޔުމެއް، މިހާރު ފޮނުވަމުން ގެންދަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މިގޮތަށް ލިޔުންތައް ފޮނުވުމަކީ ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއް ކަމަށްވެސް ބުނެ އެވެ. މިބަދަލާއެކު، ލިޔެކިޔުން ބަދަލުކުރުން ވަނީ ކުރިއަށްވުރެ މާބޮޑަށް އަވަސްވެ ހަރަދު ކުޑަވެފައި ކަމަށްވެސް ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ މިހިދުމަތަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެކެއް ކަމަށެވެ. އެކަމަށް ބޭނުންވާ ލޮގިން މިހާރު ކޯޓުތަކަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.