ގެމަނަފުށީގެ އެމްޑީޕީގެ ގިނަ ބަޔަކު މުއިއްޒުއަށް ތާއީދުކޮށް, އިދިކޮޅު ކެމްޕޭނާ ގުޅިއްޖެ!

ގެމަނަފުށީގެ އެމްޑީޕީގެ ގިނަ ބަޔަކު މުއިއްޒުއަށް ތާއީދުކޮށް, އިދިކޮޅު ކެމްޕޭނާ ގުޅިއްޖެ!

Author
ހުސެއިން
21 ސެޕްޓެމްބަރ 2023 12:13
0

ގއ. ގެމަނަފުށީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމް/ޕީއެންސީގެ ޓީމާއި ގުޅިއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ޓީމާއި ގުޅުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބުނެފައިވާ ގޮތުގައި ގެމަނަފުށިން، އެމްޑީޕީއަށް ނިސްބަތްވާ އިތުރު 20 މީހަކު ވަނީ އެރަށުގެ ޕީޕީއެމް/ޕީއެންސީގެ ޓީމާއި ގުޅުމަށް ހަމަޖެހިފައެވެ. އަދި އެމީހުންގެ މަގުސަދަކީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކާ، އިދިކޮޅު ކެނޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުންކަމަށްވެސް ބުނެފައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ތައީދު ހޯދުމަށް ހުއްޓުމެއްނެތި މުޅި ރާއްޖޭގައި ޕީޕީއެމް/ޕީއެންސީގެ ޓީމުތަކުން ގެންދަނީ ކެމްޕޭން ކުރަމުންނެވެ. މިގޮތުން ޑރ. މުއިއްޒު މިހާރު ގެންދަވަނީ ނ.ރ. އަދި ބ. އަތޮޅަށް މިހާރު ވަޑައިގަންނަވަމުންނެވެ.

މިގޮތުން ޑރ. މުއިއްޒު މިހާރު ވަޑައިގަންނަވާ ރަށްރަށުންވެސް ގިނަބަޔަކު ވަނީ އިދިކޮޅު ކެމްޕޭނާ ގުޅިފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކި ޓީމްތަކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓުމެއްނެތި ކެމްޕޭން ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.