މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2023 12:26
0

މާލެއިން 28 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ މާލޭގައި ދިރިއުޅެމުންދާ ހދ.މަކުނުދޫ / ސިތާރާމަންޒިލް، 28 އަހަރުގެ ނާޠިފް ޢަބްދުއްސަލާމްއެވެ.

ފުލުހުން ބުނީ ނާޠިފް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުކަމަށާއި އޭރު އޭނާ ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މިޒުވާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111ށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351ށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.