ޝަރުއީ ދާއިރާގެ އިދާރީ ހިންގުން މިއިންޒަމާނަކު ނުދާހާ ދަށަށް ވަނީ ވެއްޓިފަ: މުހުތާޒު

ޝަރުއީ ދާއިރާގެ އިދާރީ ހިންގުން މިއިންޒަމާނަކު ނުދާހާ ދަށަށް ވަނީ ވެއްޓިފަ: މުހުތާޒު

ގުޅުންހުރި

ޝަރުއީ ދާއިރާގެ އިދާރީ ހިންގުން މިއިންޒަމާނަކު ނުދާހާ ދަށަށް މިހާރު ވަނީ ވެއްޓިފައި ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިހެން ވިދާޅުވީ މިހާރު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރަގައި ރޭ ފެމެލީ ކޯޓުގެ އެތެރޭގައި ފެންބޮޑުވެ ތަކެއްޗާއި ތަނަށް ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ. މުހުތާޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ކޯޓުތަކުގެ އިދާރީ ހިންގުން މިހާ ދޯދިޔާ ދުވަސްވަރެއް ނުދެކޭ ކަމަށެވެ.

މިހާރުވެސް ފެމެލީ ކޯޓާއި، ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާކަމަށެވެ. މިއީ ވަރަށް ހިތާމަވެރި ކަންތައްތަކެއް ކަމަށް މުހުތާޒު ވިދާޅުވިއެވެ.

މުހުތާޒު ފާހަގަކުރެެއްވި ބައެއް ކަންކަން:

– ފެމިލީ ކޯޓު: ފެންވަދެގެން މަސައްކަތް ހުއްޓިފަ
– ކްރިމިނަލް ކޯޓު: އިމާރާތެއްނެތިގެން މަސައްކަތް ހުއްޓިފަ
– ސިވިލް ކޯޓު: މަދަނީ އިޖުރާތާއި ގުޅިގެން މަސައްކަތް ލަސްވެފަ

ޝަރުއީދާއިރާގެ އިދާރީ ހިންގުން މިއިންޒަމާނަކު މިހާދަށުދަރައަކަށްނުދޭ. ޒިންމާނަގާނޭ ފަރާތެއްވެސް ނެތް.

– މުހުތާޒު ވިދާޅުވިއެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ އެ ކޯޓުގެ ހެންވޭރު އިމާރާތަށް ވާރޭ ވެހި މަސައްކަތް ނުކުރެވޭ ވަރަށް ތަނަށާާއި ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން އެ އިމާރާތުގައި ދެމުންގެންދާ ހިދުމަތްތައް މިއަދު ނުދެވޭނެ ކަމަށް ވަނީ އަންގާފައެވެ. އަދި މިއަދު ކުރިއަށްގެންދަން ހަމަޖެހިފައިވާ އާއިލާ މައްސަލަތައް ހައްލު ކުރުމާއި ބެހޭ ބައިގައި ތާވަަލު ކުރެވިފައިވާ ސުލްހަ ސެޝަންތައް އެ ކޯޓުން ވަނީ ކެންސަލްކޮށްފައެވެ.

ފެމެލީ ކޯޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރޭ މާލެއަށް ކުރި ވިއްސާރައިގައި އެ ކޯޓަށް ލިބުނު ގެއްލުންތައް ބައްލަވާ ލެއްވުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ ކޯޓަށް މިއަދު ޒިޔާރަތްކުރެއްވި ކަމަށެވެ. ކޯޓަށް ދިމާވެފައިވާ ގެއްލުމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. ގެއްލުންވުމުގެ ސަބަބުން ފެލެމީ ކޯޓުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯއިންދޭ ގޮތަށް ބަދަލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ