އުކުޅަހަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔަ ފަތުރުވެރިޔަކު ފުރުމުގެ ކުރިން މިއަދު ނެގި ސާމްޕަލުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދުވެސް އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މީގެ ކުރިންވެސް އެރަށުގައި ޗުއްޓީ ހޭދަކުރަމުދިޔަ ފަތުރުވެރިޔާ ޕޮޒިޓިވްވި ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެކެވެ. އުކުޅަހު ނަލަވެލި ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިޔާ މިއަދު ނެގި ސާމްޕަލުން ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އެ ފަތުރުވެރިޔާ ކަރަންޓީން ކުރުމާއި، އޭނާއާ ސީދާގޮތުން ދިމާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.
މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުވް ވަނީ އިލްތިމާސް ކޮށްފައެވެ. މިއީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި 3 ވަނަ މީހާއެވެ.
ކޮމެންޓު ފޮނުވާ