މިދިޔަ ސީޒަނަށް ވުރެ މި ސީޒަން އުނދަގޫވާނެ: ނިޒާމް

މިދިޔަ ސީޒަނަށް ވުރެ މި ސީޒަން އުނދަގޫވާނެ: ނިޒާމް

Author
އިބްރާހީމް ސާޢިދު
08 ޑިސެމްބަރ 2020 02:16
0

ކުރިއަށް މި އޮތް ސީޒަނުގެ މެޗުތައް ފަސޭހަނުވާނެ ކަމަށާއި މިއީ ވާދަވެރިވާނެ ސީޒަނެއްގެ ގޮތުގައި ދެކޭ ކަމަށް މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފި އެވެ.

ނިޒާމް ބުނީ ވިސްނަން ޖެހޭނީ އަދި ތައްޔާރުވެ ތިބެން ޖެހޭނީ ވެސް މެޗު ބަދަލުވެދާނެ ހާލަތްތަކަށް ކަމަށާއި ޕްރީ ސީޒަނުގައި 9 ހަފްތާ ވަންދެން ކުރެވުނު ޕްރެކްޓިހުގައި އެ ކަންތައްތަކަށް ސަމާލުކަން ދީގެން މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ. މާޒިޔާ އިން އެންމެ ކުރިން ޕްރެކްޓިސް ފެށުމަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ދެކޭ ކަމަށް ނިޒާމް ބުނިއެވެ. އަދި ލިބުނު މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދެން އޮތީ މެޗުތަކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރުން ކަމަށް ބުނިއެވެ.

"މިދިޔަ ދެ ސީޒަނެއްގައި ވަރަށް ފަސޭހަ ރޭޓްކޮށްލަން ޓީމުތައް އެހެން ނަމަވެސް މި ފަހަރު މި ފެންނަނީ ކްލަބްތަކަށް ކުޅުންތެރިން ބެހިގެންދިޔަތަން. ގަބޫލުކުރަނީ މިއީ ވާދަވެރި ސީޒަނަކަށް ވެގެންދާނެ ކަމަށް،"

– ނިޒާމް

ނިޒާމް ބުނީ އާދައިގެ ސްކޮޑަކާ އެކުގައި އޮތް ޓީމެއްގައި ހުއްޓަސް މި ފަދަ ކުޅުންތެރިންގެ ސިއްހަތަށް ވިސްނައިގެން ކުރިއަށްދާން ލިބޭ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށެވެ.

"ކައިރި ކައިރީގައި މެޗުތައް ޖެހޭއިރު ދަށް ސްކޮޑެއް އޮންނަ ޓީމަކަށް ވެސް އެ އެޑްވާންޓޭޖް ނެގޭނެ. ފަސް ކުޅުންތެރިން ބަދަލުކުރެވިއްޖެކަމަށް ވިއްޔާ އެ ކުރެވެނީ ގާތްގަނޑަކަށް 55 ނޫނީ 60 ކުޅުންތެރިން،"

– ނިޒާމް

މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ ބުނީ ކޯޗުގެ ވިސްނުމަށް ކުޅުންތެރިން ހޭނިފައިވާ ކަމަށާއި މެޗެއް ނުކުޅެ އެހާގިނަ ދުވަސް ވެފައިވާތީ މިހާރު ހުރިހާ ކުޅުންތެރިން ތިބީ މެޗަށް ކެތްމަދުވެފަ ކަމަށެވެ.

މާޒިޔާއިން ވަނީ މީގެ ކުރިން ތިން ފަހަރު ޗެރެޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.