ރީ-ރަޖިސްޓްރޭޝަން ކުރިއަށްދާ ގޮތުން މުޢިއްޒުގެ ކަންބޮޑުވުން، ގޮވާލެއްވީ އެކަން ސީރިއަސްކޮށް ބެލުމަށް

ރީ-ރަޖިސްޓްރޭޝަން ކުރިއަށްދާ ގޮތުން މުޢިއްޒުގެ ކަންބޮޑުވުން، ގޮވާލެއްވީ އެކަން ސީރިއަސްކޮށް ބެލުމަށް

Author
އައިޝަތު އަޙްމަދު
17 ސެޕްޓެމްބަރ 2023 10:11
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދެ ދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކު ރީ ރަޖިސްޓްރޭޗަނަށް ހުށައަޅާފައިވުމުން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ސުވާލު އުފައްދަވައިފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް 2 ދުވަސްތެރޭ ވަނީ 25493 މީހުން ރީ ރަޖިސްޓްރޭޝަނަށް ހުށައަޅާފައެވެ. އަދި މިއަދު ހަވީރު އެ މުއްދަތު ހަމަވުމުން އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ. މި ޢަދަދުތައް މަތިވެފައިމިވަނީ އައިޑީކާޑު ގަނެ އަދި ބައެއް މީހުންނަށް ނޭނގި ރީ ރަޖިސްޓްރީކުރާކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށެވެ.

މުއިއްޒު ވަނީ، ދެދަުވަހުގެތެރޭ 25 ހާހަށްވުރެ ގިނަމ ީހުން ރީ ރަޖިސްޓްރޭޝަނަށް ހުށައެޅުމުން ސުވާލު އުފައްދަވާފައެވެެ. މުއިއްޒު ވިދާޅުވީ،  މިއީ ސިޔާސީ ހުރިހާ ޕާޓީތަކާއި، ބައިނަލްއަޤްވާމީ މޮނިޓަރުންނާއި، އޮބްޒާވަރުންނާއި، ކަމާބެހޭ އެހެން ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭކަމެއްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅޭނެގޮތަށް މަސައްކަތްތައް ގެންދިއުމަށްކަމަށް ބުނެފައިވެއެވެ. އަދި އެމީހެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލޭގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ ކުށެއްކަމަށާއި، މިގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫން ކަނޑައަޅާފައިވާގޮތަށް ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.