މިދިއަ ހަފްތާގައި ޓްރެއިލާ ދައްކައިލި ހޮލީވުޑްގެ މަގުބޫލު ފިލްމް "އަކްއަމޭން 2″ ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ. މި ފިލްމް ބެލުންތެރިންނަށް ގެނެސްދިނުމަށް ތާވަލު ކޮށްފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ.
މި ފިލްމް އަކީ ޖޭސަން މޮމޯ ލީޑު ރޯލު ކުޅޭ މި ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "އަކުއަމޭން"ގެ ފުރަތަމަ ފިލްމުގެ ސީކުއެލްއެކެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަމުގެ ތެރޭގައި ހިމެނޭ "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" އަކީ ޑީސީ ފިލްމްސް އާއި ވޯނާ ބްރޮސް އިން 2018 ގައި ގެނެސްދިން ސުޕަހީރޯ ފިލްމު "އަކްއަމޭން" ގެ ދެވަނަ ބައެވެ.
ޖޭމްސް ވަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖޭސަންއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ވިލެމް ޑަފޯ، ޕެޓްރިކް ވިލްސަން، ޑޮލްފް ލަންގްރެން، ޔަހުޔާ އަބްދުލް-މަތީން، ޓެމުއެރާ މޮރިސަން އަދި ނިކޯލް ކިޑްމަން އެވެ.