"އަކްއަމޭން 2″ ގެ ޓްރެއިލާ ދައްކާލައިފި

"އަކްއަމޭން 2″ ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2023 10:54
0

ބެލުންތެރިންގެ މެދުގައި މަގުބޫލު ހޮލީވުޑްގެ ފިލްމު "އަކްއަމޭން 2″ ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމް އަކީ ޖޭސަން މޮމޯ ލީޑު ރޯލު ކުޅޭ މި ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "އަކުއަމޭން"ގެ ފުރަތަމަ ފިލްމުގެ ސީކުއެލްއެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ނިންމައިފައިވަނީ މި އަހަރުގެ ފަހުކޮޅުގައިއެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަމުގެ ތެރޭގައި ހިމެނޭ "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" އަކީ ޑީސީ ފިލްމްސް އާއި ވޯނާ ބްރޮސް އިން ގެނެސްދޭ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމްއެކެވެ.

ޖޭމްސް ވަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖޭސަންއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ވިލެމް ޑަފޯ، ޕެޓްރިކް ވިލްސަން، ޑޮލްފް ލަންގްރެން، ޔަހުޔާ އަބްދުލް-މަތީން، ޓެމުއެރާ މޮރިސަން އަދި ނިކޯލް ކިޑްމަން އެވެ.

"އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" ހަދާފައި ވަނީ 205 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މީގެ ފުރަތަމަ ބައި 200 މިިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު، ބޮކްސް އޮފީހުގައި ފިލްމަށް 1.148 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.