ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުން މިރޭ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުން މިރޭ

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗް މިރޭ ކުޅޭނެއެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗްގައި ބައްދަލުކުރާނީ އެންމެ ފަހު ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގްގެ ރަނަރަޕް ޓީމް، ކުލަބް އީގަލްސްއެވެ.

ކޮންމެ އަހަރަކުވެސް ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗްގައި ލިބޭ ފައިސާއިން ޖަމިއްޔާތަކަށް އެހީވެއެވެ. މިއަހަރު މިކަމަށްޓަކައި 3 ޖަމިއްޔާއެއް ހަމަޖައްސާފައިވެއެވެ. އެއީ އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި މޯލްޑިވިއަން ބްލަޑް ޑޯނާސް އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއެވެ.

ޗެންޕިއަންސް ލީގްގެ ފައިނަލް މެޗެއްގައި ރެފްރީކަން ކުރި ރެފްރީއެއް ފުރަތަމަ ފަހަރަށް މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ޗެރިޓީ ޝީލްޑް މެޗުގައި އިންސާފް ކުރާނެއެވެ. ވިކްޓަރވަނީ 2011 ވަނަ އަހަރުގެ ޗެންޕިއަންސް ލީގްގެ ފައިނަލްގައި ބާސެލޯނާ އާއި މެންޗެންސްޓަރ ޔުނައިޓެޑް ވާދަކުރި މެޗުގައި އިންސާފު ކޮށްފައެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗްގެ އޮފިޝަލްކަން ކުރާނީވެސް ކުރީގެ މަޝްހޫރު ރެފްރީންނާއި ލައިސް މަނުންނެވެ. އެއީ މިހާރު ރިޓަޔާކޮށްފައިވާ އަހުމަދު އަމީޒް އާއި އަލީ ސަލީމް އާއި މުހައްމަދު ސައީދެވެ. މިތިން ރެފްރީންނަކީވެސް ކުރީގެ ފީފާ ރެފްރީންކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *