ވެކްސިނާގުޅޭ ޚާއްޞަ ޕްރެސްއެއް މިއަދު ބާއްވަނީ

ވެކްސިނާގުޅޭ ޚާއްޞަ ޕްރެސްއެއް މިއަދު ބާއްވަނީ

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2020 11:02
0

ކޯވިޑް-19ގެ ވެކްސިނާއި ގުޅޭ ޚާއްޞާ ޕްރެސްކޮންފަރެންސްއެއް މިއަދު ބާއްވަން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.

މި ޕްރެސްކޮންފަރެންސް އޮންނާނީ މިއަދު މެންދުރުފަހު 13:00 ގައެވެ. އެޗްއީއޯސީން ބުނީ މިއަދުގެ ޕްރެސްކޮންފަރެންސް އަކީ ކޯވިޑް-19ގެ ވެކްސިނާއި ގުޅޭ ޚާއްޞާ ޕްރެސްކޮންފަރެންސްއެއްކަމަށާއި، މި ޕްރެސްކޮންފަރެންސް ދެއްވާނީ އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޓިމަތު ނަޒްލާ ރަފީޤްގެ އިތުރުން ޑރ.އަޙްމަދު ފައިޞަލްކަމަށެވެ. ޢާންމު ގޮތެއްގައި އެޗްއީއޯސީގެ ޕްރެސްކޮންފަރެންސްތައް ބާއްވަނީ ރޭގަނޑުއެވެ. ނަމަވެސް ޚާއްޞާ ޕްރެސްކޮންފަރެންސްތައް ދުވާލު ބާއްވަމުން ގެންދެއެވެ.

ކޯވިޑް-19ގެ ވެކްސިން އީޖާދުކުރުމަށް މަސައްކަތްކުރަމުން އަންނައިރު ބައެއ ްވެކްސިންތައް ކާމިޔާބުވެ ވެކްސިން ދޭން ވަނީ ފަށާފައެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ކޯވިޑް-19ގެ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްވެސް ދަދި ފަހުން ވަނީ ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.