ގިޓާމެން ފައިސާއަށް ލެނބުނަސް، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް ފަސޭހައިން ނުލެނބޭނެ: ޙަސަން

ގިޓާމެން ފައިސާއަށް ލެނބުނަސް، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް ފަސޭހައިން ނުލެނބޭނެ: ޙަސަން

Author
އައިޝަތު އަޙްމަދު
14 ސެޕްޓެމްބަރ 2023 09:40
0

ޑިމޮކްރެޓްސްގެ މެންބަރުންނަކީ ފައިސާއަށް ވިކޭނެ ބައެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ދަ ޑިމޮކްރެޓްސްގެ މުއައްސިސް ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިއާން އެޕާޓީދޫކުރައްވާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ފައިސާއަށްކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ރައީސް ނަޝީދު ފަޅީގައި ހުންނަވާ ރައީސް ޞާލިޙަށް ފާޑުވިދާޅުވުމަށްފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ގެންދަވަނީ ދަ ޑިމޮކްރެޓްސްއަށް ފާޑުވިދާޅުވަމުންނެވެ.

އެކަންކަމަށް އިޝާރާތްކުރައްވާ ޙަސަން ލަޠީފް ވިދާޅުވީ، މެންބަރު ޝިޔާން ކަހަލަ ބޭފުޅުންކޮޅަކަށް "އެ ދެއްވި އެއްޗެއް ދެއްވައިގެން" އެމީހުންލައްވާ ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް ދަ ޑިމޮކްރެޓްސްގެ މެންބަރުންނާއި ސަޕޯޓަރުން އެމްޑީޕީއަށް އެހާ ފަސޭހައިން ނުގުޑާނެކަމަށެވެ.

ރައީސް ޞާލިޙަށް ދެވަނަ ބުރުން ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާއި ގުޅިގެން ދެވަނަ ބުރެއް ކާމިޔާބުކުރުމަށް ދަ ޑިމޮކްރެޓްސްގެ ވޯޓު އެމަނިކުފާނަށް މުހިންމުވެއެވެ. މިއާއެކު ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅުމަށް ރައީސް ވަނީ ދަޢުވަތު ދެއްވާފައެވެ. ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ދުރުކުރައްވާ އެމަނިކުފާނާއި އެމަނިކުފާނުގެ ސަޕޯޓަރުން ސަރުކާރުން ދުރުކުރައްވާ އަމާޒުކުރި ފާޑުކިޔުންތަކާއި ގުޅިގެން ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވީ ރައީށް ޞާލިޙްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާގޮތަކަށް ނޫނެނެވެ.

ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ދެވަނަ ބުރުގައި ރައީސް ޞާލިޙްގެ ފަހަތަށް ނާރުއްވާނެކަމަށެވެ. އަދި ރައީސް ޞާލިޙް އިންތިޚާބުން ބަލިކުރައްވާނެކަމަށްވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.