އެންމެފަހުން ކީޕަރު ފައިސަލް ވެލެންސިޔާއަށް

އެންމެފަހުން ކީޕަރު ފައިސަލް ވެލެންސިޔާއަށް

Author
އިބްރާހީމް ސާޢިދު
08 ޑިސެމްބަރ 2020 12:19
0

ޓްރާންސްފަރ މާކެޓްގެ މުއްދަތު އިތުރުކޮށްދިން ވަގުތުގެ ތެރޭގައި ކްލަބް ވެލެންސިއާއިން ގައުމީ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލްގެ ސޮއިހޯދައިފި އެވެ.

ޓްރާންސްފަރ މާކެޓްގެ މުއްދަތު މިިދިޔަ މަހުގެ ނިޔަލަށް އެންމެ ފުރަތަމަ ހަމަވި ނަމަވެސް ފަހުން ވަނީ ކްލަބްތަކުން ގިނަ ކަންތައްތައް ފުރިހަމަނުވެ ހުރުމުން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފަ އެވެ. އެ ވަގުތުގެ ބޭނުންހިފާ ވެލެންސިއާ އިން ފައިސަލްގެ ސޮއި ހޯދީ އެވެ.

އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިން ކެރިއަރ ފެށި ފައިސަލް ވަނީ ފަހުން ވިކްޓަރީއަށް ވެސް ކުޅެފަ އެވެ. އަދި ވެލެންސިއާގެ އިތުރުން އީގަލްސްގެ ގޯލުން ވެސް ފެނުނު ފައިސަލް ނިއު ރޭޑިއަންޓަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަންގެ މެދުތެރޭ، އެ ފަހަރު ވެލެންސިއާ އަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުންނެވެ. މިދިޔަ ސީޒަންގައި ދަ ގްރާންޑޭގެ ގޯލުގައި ރަނގަޅު ކުޅުމެއް ދެއްކި ފައިސަލް އަކީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ރާއްޖޭން ކާމިޔާބު ކުރިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ.

މިދިޔަ ސީޒަންގައި ދަ ގްރާންޑޭގެ ގޯލު ބެލެހެއްޓީ ފައިސަލް އެވެ. އެހެން ނަމަވެސް ދަ ގްރާންޑޭގެ ޕްރީ ސީޒަން ޕްރެކްޓިހުގައި މިހާތަނަށް ފައިސަލް ބައިވެރިއެއްނުވެ އެވެ. ނަމަވެސް އެކުލަބުން ބުނަމުން ދިޔައީ ވަރަށް އަވަހަށް ކުލަބުގެ ފަރިތަކުރުންތަކުގައި ފައިސަލް ބައިވެރިވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.