ކްރިސް ސިއްރުން ކައިވެނި ކޮށްފި

ކްރިސް ސިއްރުން ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
12 ސެޕްޓެމްބަރ 2023 09:35
0

ހޮލީވުޑްގެ އެކްޓަރު ކްރިސް އެވަންސް އާއި އޭނާގެ ލޯބިވެރިޔާ އެލްބާ ބެޕްޓިސްޓާ ކައިވެނިކޮށްފި އެވެ.

މާވެލް ސުޕަހީރޯ ފިލްމުތަކުގައި "ކެޕްޓަން އެމެރިކާ" ގެ ނަމުން މަޝްހޫރު ކްރިސް އާއި އެލްބާ ކައިވެނި ކުރީ ހަމައެކަނި ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން ކަމަށް މައުލޫމާތު ލިބެއެވެ.

 

View this post on Instagram

 

A post shared by Chris Evans (@teamcevans)

އެމީހުންގެ ކައިވެނި ހަފްލާ ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެމެރިކާގައި ހުންނަ އެ މީހުންގެ ގޭގައި ވަރަށް ކުޑަކުޑަ ކޮންނެވެ. އަދި އެހާމެ ސިއްރުންނެވެ. ކްރިސް، 42، އާއި އެލްބާ، 26، ގެ ކައިވެނި ހަފްލާގައި ބައިވެރިވީ އާއިލާ އާއި އެންމެ ގާތް ރައްޓެހިން އެކަންޏެވެ.

އެގޮތުން ހަފުލާގައި ބައިވެރިވި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ ރޮބަޓް ޑައުނީ ޖޫނިއާ އާއި ކްރިސް ހެމްސްވޯތާއި ޖެރެމީ ރެނާ ހިމެނެ އެވެއެ ހަފުލާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ.

ކްރިސް އާއި އެލްބާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ކްރިސް ކައިވެނިކުރި ނަމަވެސް އޭނަ އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.