މާދަންވެސް ސަރުކާރު ބަންދު!

މާދަންވެސް ސަރުކާރު ބަންދު!

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2023 09:40
0

މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައެޅުއްވީ އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބާއި ގުޅޭ އެކި މަސައްކަތްތަކުގައި އެކި މުވައްސަސާތަކުގެ މުވައްޒިފުން ބައިވެރިވެ އަދިވެސް ކުރަންޖެހޭ ބައެއް މަސައްކަތް ނުނިމޭތީ އެކަންކަން ކުރުމަށް މުވައްޒިފުންނަށް ވަގުތު ދިނުމަށް ކަމަށެވެ.

މިގޮތަށް މިނިންމުން ނިންމީ އިލެކްޝަންސް ކޮމިޝަނުންވެސް އެދިފައިވާތީކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.