ކުރިމަތިކުރި އެންޓި-ކެމްޕޭނާއި، ނުފޫޒުގެ ކުރިމަތީ މުއިއްޒު ދެއްކެވީ ރީތި އަޚުލާގު: ޝަހީމް

ކުރިމަތިކުރި އެންޓި-ކެމްޕޭނާއި، ނުފޫޒުގެ ކުރިމަތީ މުއިއްޒު ދެއްކެވީ ރީތި އަޚުލާގު: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2023 01:23
0

ނިމިދޔަ ރިޔާސީ އިންތިޚާބުގައި މިސަރުކާރުން ކުރިމަތި ކުރި އެންޓިކެމްޕޭންގެ ހަރަކާތްތަކާއި، ނުފޫޒާއި ބާރުގެ ކުރިމަތީގައި ރައްދުގައި އެއްވެސް ބަހެއް ނުބުނެ މުއިއްޒު ކުރެއްވި ރީތި އަޚުލާގުގެ ކެމްޕޭނަކީ ލިބުނު ނަތީޖާގެ އެންމެ ބޮޑު ސިއްރު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ޑރ. މުއިއްޒުއާއިއެކު އެންމެ ގިނަ ރަށްތަކަށް ވަޑައިގެންނެވި އެއްބޭފުޅަކީ ޑރ. ޝަހީމެވެ. ކެމްޕޭން ޖަލްސާތަކުގައި މުއިއްޒަށް ކުރިމަތި ކުރުވާ ފާޑުކިޔުންތަކާއި ކުރާ ދޮގު ތުހުމަތުތަކައް ބައެއް ފަހަރު ކެތް ނުކުރެވި ރައްދު ދެއްވި އެއްބޭފުޅަކީ ޝަހީމެވެ. ޝަހީމް ވަނީ އެފަދަ ދޮގު ވާހަކަތަކުން ލިބޭނެ ކުރިއެރުމެއް ނޯންނާނެކަމަށް އޭރުވެސް ވިދާޅުވެފައެވެ.

ކެމްޕޭންގައި ޑރ.މުއިއްޒާއި އަނބިދަރީންގެ އަބުރަށް އަރައިގަނެ ބޮޑެތި ތުހުމަތު ދިޔައީ ކުރަމުންނެވެ. ނަމަވެސް މުއިއްޒު އެވާހަތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. މުއިއްޒަށް އިއްޔެ ލިބުނު ކަމިޔާބީއާއި ގުޅޭގޮތުން ޝަހީމް ވިދާޅުވީ އިންތިހާއަށް ނުފޫޒާއި، ފައިސާއާއި، އެންޓި ކެމްޕޭންގެ ކުރިމަތީގައި މުއިއްޒު ދެއްކެވި ހިތްވަރާއި ސާބިތު ކަމަކީ އިންތިޚާބުގައި މިހާބޮޑު ނަތީޖާއެއް ލިބުނު އެންމެ ބޮޑު ސަބަބު ކަމަށެވެ.

ނުފޫޒު. އެންޓި ކެމްޕޭން. ފައިސާ. ބޭރުގެ ނުފޫޒު. މިފަދަ އެތައް ދާއިރައަކުން ގޮންޖެހުން ހުރިއިރުވެސް އެހެން އެއްވެސް ކެންޑިޑޭޓަކަށް ބުރައެއް ނުބާއްވާ ރީތި އަޚުލާގެއް ހިފަހައްޓާ މާތް ރަސްކަލާންގެ ރަހުމަތާއިއެކު ރައްޔިތުންގެ އިތުބާރު ހޯއްދެވި. ދެވަނަ ބުރުންވެސް ކާމިޔާބު ވާނެ.

– ޑރ. ޝަހީމް ވިދާޅުވިއެވެ.

ކެމްޕޭންގެ ތެރޭގައި ރައީސްގެ ތަރުޖަމާން މާރިޔާ ކޮންމެ ދުވަހަކު ބާއްވާ ޕްރެސްއަކީ ސީދާ ޑރ.މުއިއްޒުއަށް އެންޓި ކެމްޕޭން ކުރުމަށް ބާއްވާ ޕްރެސްއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް މި ޕްރެސްތަކުގައި ރައީސް ޞާލިހުގެ ނަން 10 ފަހަރަށް ކިޔާނަމަ މުއިއްޒުގެ ނަން 200 އެއްހާފަހަރު މާރިޔާ ވިދާޅުވެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ މާރިޔާއަށް ނޭގި ނަމަވެސް މުއިއްޒަށް ކުރެވުނު ކެމްޕޭނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.