ރިހާނާ ގެ ދަރިފުޅުގެ ނަން ހާމަވެއްޖެ

ރިހާނާ ގެ ދަރިފުޅުގެ ނަން ހާމަވެއްޖެ

Author
ފާތިމަތު ނާވީ
11 ސެޕްޓެމްބަރ 2023 02:12
0

މީގެ ދެ ހަފްތާއެއް ހައިދުވަސް ކުރިން ދެވަނަ ދަރިފުޅު ލިބުނު މަޝްހޫރު ލަވަކިއުންތެރިއާ ރިހާނާ ގެ ދަރިފުޅުގެ ނަން ހާމަވެއްޖެވެ.

ފުރަތަމަ ދަރިފުޅަށް އަހަރު ނުވަނީސް ރިހާނާ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ހާމަވިއިރުގައި ދެވަނަ އަށް ވެސް އޭނާ އަށް ލިބިފައިވަނީ ފިރިހެން ކުއްޖެއެވެ. ރިއާނާ، 34، އަށް ފުރަތަމަ ދަރިފުޅު ލިބުނީ 2022 އަހަރުގެ މެއި މަހު އެވެ. އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

 

View this post on Instagram

 

A post shared by badgalriri (@badgalriri)

ރިޕޯޓްތައް ބުނި ގޮތުގައި އެ ދެމަފިރިންގެ ދެވަނަ ދަރިފުޅަށް ކިޔަނީ، ރިއޮޓް ރޯސް މޭޔާސް އެވެ. އެ ނަމަކީ ރޮކީ އާއި ފެރެލް ވިލިއަމްސް އެކީގައި ކިޔާފައިވާ ލަވަ "ރިއޮޓް" އަށް ނިސްބަތްކޮށް ކީ ނަމެއް ކަމަށް ވެސް ވެ އެވެ.

 

View this post on Instagram

 

A post shared by RİHANNA (@rihannaofficiall)

 

އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.  ރިހާނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަންހެނުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އަދި އޭނާ އަކީ އަމިއްލަ ފެޝަން ބްރޭންޑަކާއި ބިއުޓީ ލައިނެއް ހިނގާ ވިޔަފާރިވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.