މާލޭ ފަޅުތެރޭގައި އޮތް މީހަކު ނަގައި، އައިޖީއެމްޗްގައި ފަރުވާދީފި

މާލޭ ފަޅުތެރޭގައި އޮތް މީހަކު ނަގައި، އައިޖީއެމްޗްގައި ފަރުވާދީފި

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 01:01
0

މާލޭ ފަޅުތެރޭގައި އޮތް މީހަކު ނަގައި، އައިޖީއެމްޗްގައި ފަރުވާދީފިއެވެ.

ފުލުހުން ބުނީ މާލޭ ނޯތު ހާބަރު ފަޅުތެރޭ މޫދުގައި މީހަކު އޮތްކަމުގެ މައުލޫމަތު މިއަދު ހެނދުނު 9:13 ކަންހާއިރު ފުލުހުންނަށް ލިބިގެން ފުލުހުން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.

އެމީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.