ޝީ ބިލްޑިން ކައިރީ ގެއެއްގައި ރޯވެ އަނދަނީ

ޝީ ބިލްޑިން ކައިރީ ގެއެއްގައި ރޯވެ އަނދަނީ

Author
އައިޝަތު އަޙްމަދު
06 ސެޕްޓެމްބަރ 2023 11:20
0

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ބިލްޑިން ކައިރީގެ ގެއެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ. ފެންނަ ފެނުމަށް އެ ގޭގެ އެތެރޭގައި ރޯވި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި އެ ސަރަހައްދަށް ވަނީ ދުން ފެތުރިފައެވެ.

ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއުއިން މިހާރު އަންނަނީ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީއަލިފާން ރޯވެފައި ވަނީ މީހުން ދިރިނޫޅޭ ތަނެއްގައިކަމަށެވެ. ރޯވެފައިވަނީ ގުދަނެއްގޮތަށް ހަދާފައިހުރި ތަނެއްގައި ހުރި ކުނިތަކެއްގައިކަމަށެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވި ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވެއެވެ.

ޝީ ބިލްޑިންގ ކައިރީ ގެއެއްގައި ރޯވެ އަނދަނީ

ރޭ ފަތިހުވެސް މާލޭގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިންގާފައެވެ. އެ ހާދިސާގައި ގަލޮޅު ވެގަ ޕޮއިންޓް ފިހާރަ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.