އަދާލަތު ޕާޓީއާއި އެމްޑީއޭއަކީ ތަސައްވުރު ފުދިފައިވާ ބޮޑު ދެޕާޓީ: ދޮންބިލެތް

އަދާލަތު ޕާޓީއާއި އެމްޑީއޭއަކީ ތަސައްވުރު ފުދިފައިވާ ބޮޑު ދެޕާޓީ: ދޮންބިލެތް

Author
އައިޝަތު އަޙްމަދު
04 ސެޕްޓެމްބަރ 2023 10:50
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދި މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) އައި އަދާލަތު ޕާޓިއަކީ ތަސައްވުރު ފުދިފައިވާ ބޮޑު ދެޕާޓީކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިންގައި ހދ.ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަޙްމަދު ޙަލީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ރާއްޖޭގެ 100އަށްވުރެ ގިނަ ރަށަށް ވަޑައިގެންނެވިއްޖެކަމަށެވެ. އެއިން ކޮންމެ ރަށަކުވެސް މިހާރު ފެންނަނީ އެމްޑީއޭއާއި އަދާލަތު ޕާޓީ ބޮޑުވެ ތަސައްވުރު ފުދިފައިވާތަންކަމަށެވެ.

އަޅުގަނޑަށް ރައީސް އަރިހުގަ 100 ވަރަކަށް ރަށަށް ދެވިއްޖެ. އަދާލަތުވެސް ދުވަހުން ދުވަހަށް ކުރިއަރާތަން ފެންނަނީ. ހަގީގީ ވިސްނުމާ އެއްގޮތަށް ގެންގުޅޭތަން.

– އަޙްމަދު ހަލީމް ވިދާޅުވިއެވެ.

އަޙްމަދު ޙަލީމް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ވެފައިނުވާތީ، ހަލީމްވެސް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ފާޑު ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި އެމްޑީއޭގައި ތިބީ 10386 މެންބަރުންނެވެ. އަދި އަދާލަތު ޕާޓީގައި ތިބީ 9786 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.