ކާޑެއްދޫ އެއަރޕޯޓު އަތުލާ ސަރުކާރުގެ ބާރުގެ ދަށަށް ގެންނާން: ނާޒިމް

ކާޑެއްދޫ އެއަރޕޯޓު އަތުލާ ސަރުކާރުގެ ބާރުގެ ދަށަށް ގެންނާން: ނާޒިމް

Author
އައިޝަތު އަޙްމަދު
04 ސެޕްޓެމްބަރ 2023 12:04
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ދިގު މ ުއްދަތަކަށް ކުއްޔަސް ދޫކޮށްފައިވާ ކާޑެއްދޫ އެއަރޕޯޓް ސަރުކާރަށް ނަގާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، އިޤްތިޞާދުގެ އެންމެ މުހިންމު އެއްކަމަކީ ދަތުރުފަތުރުކަމަށާއި، ކާޑެއްދޫ އެއަރޕޯޓަކީ ކުރިއެރުމެއް ނުލިބި މީގެ ވިހި ނުވަތަ 25 އަހަރު ކުރީގެ ހާލަތުގައި އަދިވެސް އޮތް އެއަރޕޯޓެއްކަމަށެވެ.

ނާޒިމް ވިދާޅުވީ އެއަރޕޯޓްގެ ޙާލަތު ބަދަލުކުރުމުގެ ގޮތުން އަމިއްލަ މީހުންގެ އަތުގައި އޮތް އެއަރޕޯތް ސަރުކާރަށް ނަގަންޖެހޭކަމަށެވެ. އެގޮތުން ކާޑެއްދޫ އެއަރޕޯޓް ސަރުކާރަށް ނެގުމަށްފަހު އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ.

ކޯޓުގެ ނިންމުމާއެކު ވިލާ އެއަރއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓުގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރއާ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.

ދަށުކޯޓްގެ ނިންމުންތައް ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއިދުކޮށް އެ ނިންމުންތައް ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ 2021 މެއި މަހުގެ ތެރޭގައެވެ. ކޯޓުން ކުރި ހުކުމާ އެއްގޮތަށް މި ސަރުކާރުން ވަނީ އަމަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.