އެޗްބީއޯގެ މަޝްހޫރު ސިލްސިލާ “ގޭމް އޮފް ތުރޯންސް” ގައި ސަންސާ ސްޓާކްގެ ރޯލް ކުޅެގެން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއްހޯދި ބަތަލާ ސޯފީ ޓާނާ އާއި ފިރިމީހާ އަދި ލަވަކިއުންތެރިއާ ޖޯ ޖޯނަސް ގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
އެންމެ ފަހުގެ ރިޕޯޓްތަށް ބުނާގޮތުގައި އެދެމީހުންގެ މެދުގައި ތަފާތު މައްސަލަތަށްޖެހި މިހާރު ވަނީ ވަރިވާ ކޯޓަށްވެސް ހުށައަލައިފައި ކަމަށެވެ. ސީއެންއެން ނޫހުން ބުނާ ގޮތުގައި ލަވަކިޔުންތެރިޔާ ވަރިވާން ފްލޮރިޑާގައި ޕެޓިޝަނެއް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު މިއާމީ ޑޭޑް ކައުންޓީގަ އެވެ. ޕެޓިޝަންގައި ބުނެފައި ވަނީ ކައިވެނި ރޫޅައިލަން ޖެހޭ ސަބަބުތަކުގެ ގޮތުގައި އެ ކައިވެނި "އިއާދަ ނުކުރެވޭ ވަރަށް ރޫޅިފައިވާ" ކަމަށެވެ.
2016 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު މި ޖޯޑު އެންގޭޖްވީ 2017 ވަނަ އަހަރު އެވެ. އަދި އެމީހުން ވަނީ ސޯޝަލް މީޑިއާގައި އެންގޭޖްމެންޓް ގެ ފޮޓޯތަށް ޕޯސްޓް ކޮށް އެކަން އިއުލާން ވެސް ކޮށްފައިއެވެ.
ބިލްބޯޑް މިއުޒިކް އެވޯޑްސްގައި ބައިވެރިވުމަށް ފަހު 2019 ވަނަ އަހަރު ލަސް ވެގަސްގައި ބޭއްވި ފުރަތަމަ ހަފްލާގައި އެމީހުން ވަނީ ކައިވެނި ކޮށްފައިއެވެ. އަދި މިކައިވެނީގައި އެމީހުންގެ އާއިލާ އާއި ގާތް ރައްޓެހިން ވަނީ ބައިވެރިވެފައިއެވެ. މި ކައިވެނިން އެމިހުންނަށް ވަނީ ދެކުދިން ވެސް ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ