ހިންދޫ ދީން ފަތުރަން އައި އިންޑިއާ މީހާއާއިމެދު ފިޔަވަޅު ނާޅައި، ފުރުވާލައިފި

ހިންދޫ ދީން ފަތުރަން އައި އިންޑިއާ މީހާއާއިމެދު ފިޔަވަޅު ނާޅައި، ފުރުވާލައިފި

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2023 02:10
0

އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީން ފެތުރުމަށް ރާއްޖެ އައިސް މާލޭގައި އެއްވުމެއް ބާއްވަން ނިންމައި އެކަމުގެ އިޝްތިހާރު ކުރާ މައްސަލައެއް ފެންމަތިވުމުން އެކަން ބަލައި ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ ފުލުހުންނަށް ހުށަހަޅައިފައި ވަނިކޮށް އެއްވެސް ފިޔަވަޅެއް ނާޅައި އޭނާ ފުރުވާލައިފިއެވެ.

ހިންދޫ ދީނާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް އިއްޔެ އާއި މިއަދު ކުރިއަށް ގެންދަނީ މާލޭގެ ގެސްޓްހައުސްއެއް ކަމަށްވާ އުނިމާ ގްރާންޑް ގައި ކަމަށް ގަނޭޝް ޑުބޭ މީސް މީޑިއާގައި އާއްމު ކުރި އިސްތިހާރެއްގައި ބުނެފައި ވެއެވެ. ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ހިންދޫ ދީނުގެ ހާމުދުރު އޭނާގެ ސެޝަން ނަގައި ދެނީ ވަރުގަދަ ދަރުސްތަކާއެކު މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް ކިޔައި ދިނުމަށް ކަމަށް އިސްތިހާރުގައި ބުނެފައި ވެއެވެ.

ވަކި ވަރަކަށް ޖާގަ ހުރުމާއެކު އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން އަވަހަށް އެ ކުލާހުން ޖާގަތައް ކަށަވަރުކުރުމަށް ބްކިން ހެއްދުމަށް އިސްތިހާރުގައި އިލްތިމާސްކޮށްފައިވެއެވެ. އެ މައްސަލަ ފެންމަތިވެ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު، ފުލުހުންގެ ހިމާޔަތުގައި އޭނާ މައުލޫމާތު ސާފް ކުރަން ގެންދިޔައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

މިމައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީންވެސް ފުލުހުންގެ ކިބައި އެދުނެވެ. އަދި ގިނަ ބަޔަކު މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ގޮސްފައިވެއެވެ. އެ މައްސަލަ ފެންމަތިވި ފަހުން، އުނިމާ ގްރޭންޑް ހޮޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮޓަލަށް ޗެކިންވި ގެނޭޝް ޑުބޭ އާއި ނިމިޝާ ކިޔާ އިންޑިއާގެ ދެ މީހަކު އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އެ މީހުން މިހާރު ޗެކް-އައުޓް ކޮށްފައިވާ ކަމަށެވެ.

އެ މީހުން ފޭސްބުކް މެދުވެރިކޮށް، ޖަހާފައިވާ އިޝްތިހާރުތަކަކީ އެ ހޮޓަލާ އެއްވެސް ގުޅުމެއް ވާ އެއްޗެއް ނޫން ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ. އެ މައްސަލާގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އެމީހަދީންފަތުރަށްއެއަށްނާނީސަރުކާުންބޭނުންވެގން ހަމަހުރެފަނާނާނެނު
ހ ހިންދޫ
ކީއްވެތަ ފޮނުވާލަނީ، މުލިއާގޭގަ ެސް ބެހެއްޓިދާނެނޫތަ، ނޫނީ ޑިފެންސުމިނިސޓުރީގެ ގެކޮޅުގާވެސް ބެހެއްޓިދާނެނޫންތަ ނޫނީ އަދާލަތުޕާޓީގެ އޮފީހުގާވެސް ބެހެއްޓިދާނެތާ، އަދާލަތުޕާޓީ އޮފީހަކީ އިސްޚާރާނަމާދުގެ ނަމުގާވެސް އަންހެނަކަށް އިމުރާނަނު ގޯނާކުރަން ބޭނުންކުރިތަނެއް ވިއްޔަ.
ކ ކައިދާ
ޢިންޑިއާ މީހުންގެ މައްޗަށް މިރާއްޖޭގައިވެސް ދިވެހި ސަރުކާރުގެ ގާނޫބެއް ނުހިގާނެ ބަލަ ކޮޔާ
ސ ސަރަކަރަ
ތީސަރުކާރުންް އަނެއްކާާ ސަރުކާރުންް ކުރުވަންް އުޅުނުކަމެއްތަަ މިހާރުު އޮޅިއްޖެެ