މާޒިޔާގެ ކެޕްޓަންކަން 7 ވަނަ ސީޒަނަކަށް އައްސަދުﷲ އަށް

މާޒިޔާގެ ކެޕްޓަންކަން 7 ވަނަ ސީޒަނަކަށް އައްސަދުﷲ އަށް

Author
އިބްރާހީމް ސާޢިދު
07 ޑިސެމްބަރ 2020 09:57
0

އަންނަ ސީޒަންގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅާނީ އައްސަދުﷲ ޢަބްދުﷲ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބުނެފިއެވެ.

މާޒިޔާއިން ބުނީ ކެޕްޓަން އާއި ވައިސް ކެޕްޓަންކަމަށް ހަމަޖެއްސި ކުޅުންތެރިންނަށް އެކަމުގެ ލިޔުން ހަވާލުކުރީ އިއްޔެ ހެނދުނު އޮތް ޕްރެކްޓިސް އަށް ފަހު ކަމަށެވެ.

އެކުލަބުން މިއަދު ބުނީ 2020/2021 އަށް އެޓީމުގެ ކެޕްޓަނަކަށް އައްސަދުﷲ ހަމަޖައްސާ، ވައިސް ކެޕްޓަންކަން މުޙައްމަދު އިރުފާން (އިރޭ) ޙަސަން ސިފާން (ޑުންގާ) ސަމޫހް ޢަލީ (ސަމުއްތޭ) އަދި މުޙައްމަދު އުމެއިރު އަށް ދީފައިވާ ކަމަށެވެ.

އައްސަދުﷲ އަކީ މިދިޔަ ސީޒަނުގައި ވެސް މާޒިޔާގެ ކެޕްޓަނެވެ. މިއީ އޭނާ މާޒިޔާގެ ކެޕްޓަންކަން ކުރާ 7 ވަނަ ސީޒަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.