ޑެރެކް އާއި ހޭލީ ކައިވެނިކޮށްފި

ޑެރެކް އާއި ހޭލީ ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
02 ސެޕްޓެމްބަރ 2023 10:57
0

"ޑާންސިން ވިތް ދަ ސްޓާޒް"ގެ ދެ ތަރިން ކަމަށްވާ ޑެރެކް ހަފް، 38، އާއި ހޭލީ އާބާޓް، 28، ކައިވެނިކޮށްފި އެވެ.

100 އެއްހައި މީހުން ބަިއވެރިވި މި ކަިއވެނި ހަފްލާ އޮތީ މިދިއަ ހަފްތާ ބަންދުގައި ކެލިފޯނިއާގެ މޮންޓެރޭ ކައުންޓީގެ ކާމެލްގެ ރީތި އިސްޓޭޓެއްގައިއެވެ. އަދި ދެމީހުން ވެސް ފެނިގެން ގޮސްފައިވަނީ ވަރަށް އެލިގަންޓްކޮން އަދި ސްޓައިލިޝް ކޮންނެވެ.

 

View this post on Instagram

 

A post shared by People Magazine (@people)

ކައިވެނީގައި ބައިވެރިވި މެހެމާނުން ގެ ތެރޭގައި "ޑާންސިން ވިތް ދަ ސްޓާޒް"ގެ ތަރި އަދި ޑެރެކް ގެ ކޮއްކޮ ޖޫލިއޭން ހަފް، ނީނާ ޑޮބްރޭވް، ފްރީޑާ ޕިންޓޯ، ޖެނާ ޖޯންސަން، އޭމީ ޕާޑީ، މަރިއާ މެނޫނޯސް، ޝޯން ޖޯންސަން، ޝޯން ވައިޓް، ރޮބަޓް އާއި ކިމް ހާޔަވެކް އަދި އަލްފޮންސީ ރިބިއޭރޯ ހިމެނެ އެވެ.

ޑެރެކް އާއި ހޭލީ ދިމާވީ 2015 ގައި "ޑާންސިން ވިތް ދަ ސްޓާޒް" ޝޯއިންނެވެ. އޭގެ ފަހުން ލޯބީގެ ގޮތުން ގުޅި އެންގޭޖްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.