އއ.ހިމަންދޫ ކައުންސިލްގެ ރައީސްއާއި ގިނަ ޢަދަދެއްގެ ބަޔަކު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.
އެގޮތުން އއ،ހިމަދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް އެމްޑީޕީއަށް ސޮއިކުރައްވާ ފޯމް ވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ހަވާލުކުރައްވާފައެވެ. ހިމަންދޫ ކައުންސިލްގެ ރައީސްއަކީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
މީގެ އިތުރުން ހިމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 މެންބަރުންނާއި ބައެއް ޢާންމުންވެސް ވަނީ އެމްޑީޕީ އާއި މިއަދު އަލަށް ގުޅިވަޑައިންނަވާފައެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުން އެމްޑީޕީއާއި ގުޅެމުންދާތީ އެޕާޓިން ވަނީ ރިޝްވަތު ހުށައަޅާކަމަށް އެމްޑީޕީއަށް ތުހުމަތުކޮށްފައެވެ. ދާދިފަހުން ދަ ޑިނޮކްރެޓްސްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކުވެސް ވަނީ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ