މާލޭގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ހޯދަން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭ ގެއެއްގައި ފިރިހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއް މި މަހުގެ ހަތަރުވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 43 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ ސްޓެޕް އައްޔައެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މި މަހު 16 ވަނަ ދުވަހު ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ވެސް އޭނާ ހޯދަން އިއުލާން ކުރިއެވެ.
މިދިޔަ އަހަރު ވެސް ސިވިލް ކޯޓުން ބެލި މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ހޯދަން އިއުލާންކުރިއެވެ. ސްޓެޕް އައްޔަ އަކީ މި ފަހުން އެކި ދުވަސްވަރު ސިޔާސީ އެކި ޕާޓީތަކުގައި އެކްޓިވިސްޓެއްގެ ގޮތުގައި އުޅެމުން އަންނަ މީހެކެވެ.
ކޮމެންޓު ފޮނުވާ