ވެރިކަން ލިބިވަޑައިގެންފި ނަމަ ތެލެސީމިއާ ކުދިންނަށް ކޮންމެ މަހަކު އެލަވަންސެއް ދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން އުފައްދާ ސަރުކާރަކީ އުމްރާނީ ތަރައްގީ އާއި އިގްތިސާދު ހަރުދަނާ ކުރުން ފަދަ ކަންކަން އެކަނި ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ގާއިމު ކުރައްވާނީ އޯގާތެރި ސަރުކާރެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުތަކުން މާ ބޮޑު ސަމާލުކަމެއް ނުދީ ހުރި މީހުންނަށް އޭނާގެ ވެރިކަމެއްގައި ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. މުއިއްޒު ވައުދުވެވަޑައިގެންނެވި އެއް ބަޔަކީ ތެލެސީމިއާ ކުދިންނެވެ. އެ ކުދިންގެ ތެރެއިން ބޯން މެރޯ ހަދަން ޖެހޭ ކުދިންގެ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުތަކުން މާ ބޮޑު ސަމާލުކަމެއް ނުދީ ހުރި މީހުން ފާހަގަކުރައްވާ ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ ތެލެސީމިއާ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން އެ ކުދިންގެ ތެރެއިން ބޯން މެރޯ ހަދަން ޖެހޭ ކުދިންގެ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދެއްވާނެކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެއިތުރުން ތެލެސީމިއާ ކުދިން ކޮންމެ ދުވަހަކު އުފުލަން ޖެހެނީ ވަރަށް ބޮޑު ތަކުލީފެއްކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ކޮންމެ މަހަކު ހާއްސަ އެލަވަންސެއް ތައާރަފް ކުރައްވާނެކަމަށެވެ.