ހއ.އަތޮޅުން މެޖޯރިޓީ ހޯދުމަށް މިނިސްޓަރ ޝާހިދާއިއެކު ކެމްޕޭން ވަރުގަދަކޮށްފި!

ހއ.އަތޮޅުން މެޖޯރިޓީ ހޯދުމަށް މިނިސްޓަރ ޝާހިދާއިއެކު ކެމްޕޭން ވަރުގަދަކޮށްފި!

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2023 04:15
0

ހއ.އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މެޖޯރިޓީ ހޯދުމަށް މިނިސްޓަރ ޝާހިދު ހިމެނޭހެން ކެމްޕޭން ޓީމެއް އެއަތޮޅަށް ވަޑައިގެން ކެމްޕޭން ވަރުގަދަ ކޮށްފިއެވެ.

އުތުރުގެ ރަށްތަކަށް މޫސުން ގޯސް ދުވަހަކަށް ވީނަމަވެސް މިނިސްޓަރ ޝާހިދާއި ޓީމުން ގެންދަނީ ހއ. އަތޮޅުގެ ރަށްތަކަށް ވަޑައިިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިއަދި މިދަތުރުގައި ހއ.އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ދެކޭ ގޮތާއި ތާއީދު އިތުރު ކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތް ކުރުމަށްވެސް ވަނީ ރޭވިފައެވެ.

ހއ.އަތޮޅުގެ ރަށްތަކަށް މިނިސްޓަރ ޝާހިދު ވަޑައިގެންނެވުމުން އެރަށްތަކުގެ ކެމްޕޭން ޓީމުތަކުން މިނިސްޓަރ ޝާހިދާއި ޓީމަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއިންތިޚާބުގައި ހއ.އަތޮޅަށް ކަނޑައަޅާފައި ހުންނަވާ ކެމްޕޭން ކޯޑިނޭޓަރަކީވެސް މިނިސްޓަރ ޝާހިދެވެ. މިނިސްޓަރ ޝާހިދަކީ އެންމެ ގިނައިން ހަވާލުވެފައިވާ ދާއިރާއަށް ވަޑައިގެން ކެމްޕޭން ހަރަކާތައް ކުރިއަށް ގެންދެވި އެއް ބޭފުޅާއެވެ.

ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ރައީސް ޞާލިހު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލް ވުމަށް ހއ.އަތޮޅުގެ މެޖޯރިޓީ ހޯދުމަކ މިނިސްޓަރ ޝާހިދުގެ އެންމެ ބޮޑު އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ދިވެހިން ވޯޓު ދެނީ އެންމެ ފަހު ވަގުތު ދަމާ ފޮއްޗަށް ނުވަޗަ ވަމުންދާ ވައުދަށް ނޫނީ މެނިފެސްޓޯއަށް ބަލައިގެނެއް ނޫން. ވޯޓު ދޭނީ ވަމުންއައި ފައިދާއަކަށް ނޫނީ ވެދާނެ ފައިދާ އަކަށް ބަލާފަ. މި ވެރިކަމުގައި އިންސާފު ގާއިމެއް ނުކުރެވުނު، ދަރަނި ވީ އިތުރު، ޑްރަގްގެ ވަބާ ވީ ބޮޑު، އިގްތިސާދު ވީ ހަނި، އެއްވެސް ބޮޑު މަސައްކަތެއް ނުނިމުނު.