އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ދޭ ވޯޓަކީ ގައުމުގެ ހަމަޖެހުމާއި އިގްތިސާދު ދެގުނަކުރުމަށް ދޭ ވޯޓަކަށް ހައްދަވާ، ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ވޯޓު ދެއްވުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރި ސައުދު ގޮވާލައްވައިފިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރީގައި ކުރިޔަށް ދަނިކޮށް ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށްތަކުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫޢުތަކުގެ ފޮނި މީރުކަން ލިބޭނީ ރައީސް ސާލިހަށް ވޯޓު ދީގެން ކަމުގައެވެ.
Sep 9 van dhuvahu mi alhaa vote akee Qaumuge hama jehumaai,iguthisaadh 2 gunakuran dhey vote akah hedhumah candidate No3 @ibusolih ah vote dhehvaa.Rahthakuga fahsaafa huri iguthisaadhee project thakuge foni meerukan libeynee raees @ibusolih ah dhey vote dheegen.#IbuAslam2023
— Saudulla Ahmed (@saudullaahmed1) August 28, 2023
ރާއްޖެއަށް އަންނަމުންދާ ތަރައްގީ ދެމެހެއްޓުމަށް ރައީސް ސާލިހަށް ވޯޓު ދިނުމަށް ސައުދު ގޮވާލައްވާފައިވާއިރު، ރައީސް ސާލިހު މިހާރު ގެންދަވަނީ ލ. އަތޮޅުގެ ރަށްތަކުގައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމުގައެވެ.
ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޯލިޝަންއާއި އިދިކޮޅު ޕީޕީއެމް ފިޔަވާ ދެން އިންތިޚާބުގައި ވާދަކުރަމުންދާ ކެނޑިޑޭޓުންގެ މަގުސަދަކީ ވޯޓު ބައިބައިކޮށް، އިންތިޚާބު ދެވަނަ ބުރަކަށް ގެންދިއުން ކަމުގައެވެ. އަދި ރައީސް ސާލިހު ވަނީ އިންތިޚާބު އެއްބުރުން ނިންމުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ