ލިބިފައިވަނީ ޓީމެއް ފިޓްކުރަން އެންމެ އެކަށޭނެ ވަގުތެއް ނޫން: މުހައްމަދު

ލިބިފައިވަނީ ޓީމެއް ފިޓްކުރަން އެންމެ އެކަށޭނެ ވަގުތެއް ނޫން: މުހައްމަދު

Author
އިބްރާހީމް ސާޢިދު
07 ޑިސެމްބަރ 2020 08:08
0

ކޯވިޑް-19ގެ ސަބަބުން ނުވަ މަސް ދުވަހު ނުކުޅެ ހުރެފައި އަލުން ކުޅުން ފަށާއިރު އުނދަގޫތަކެއް ހުންނާނެ ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހަންމަދު އާދަމް ބުނިފިއެވެ.

ލީގު ފެށުމުގެ ކުރިން އެފްއޭއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކުމުން މުހަންމަދު ބުނީ އަލުން ސީޒަން ފަށަން ޕްރެކްޓިސް ކުރަން ލިބުނީ ޓީމެއް ފިޓްކުރަން އެންމެ އެކަށޭނެ ވަގުތެއް ނޫން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ސީޒަނުގައި އަނިޔާގެ މައްސަލަތައް ގިނަވާނެ ކަމަށް ބުނިއެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމުގައި ކުރިން އީގަލްސް އަށް ކޯޗުކޮށްދިން އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ މަސައްކަތްތަކެއްކޮށްފައިވާ ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ)ގެ އިތުރުން ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ވެސް އަންނަނީ ބައިވެރިވަމުންނެވެ. މީގެ ތެރެއިން ސާންތީ އާއި ޒަރިޔަންދު އަންނަނީ ވޮލަންޓިއާކޮށް ބޭނުންވެގެން ކަމަށް ޔޫވީން ބުނެއެވެ.

މުހައްމަދު ބުނީ އޭނާ އަކީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗުންގެ އެހީތެރިކަމާއި ލަފާ އަބަދުވެސް ހޯދާ މީހެއް ކަމަށެވެ. ތައްޔާރީތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ޔުނައިޓެޑް ވިކްޓްރީން ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންނަށް ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަކުރެވޭ ވަރަށް ވަގުތު އޮއްވައި ޓީމާ ގުޅުމުގައި ދަތިތަކެއް ދިމާވުމުން ކަމަށް ވެސް އޭނާ ބުނެފައުއެވެ. މިދިޔަ މަހު އެއް ވަނަ ދުވަހު ޕްރެކްޓިސް ފެށި ގޮތަށް ތައްޔާރުވަމުން އަންނަނީ މި މަހު 13 ވަނަ ދުވަހު ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ މިދިޔަ ސީޒަނުގެ މެދުތެރެއިން ހަވާލުވި މުހައްމަދު އާދަމް މި ސީޒަނަށް ޓީމު އެކުލަވާލާން ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާކުރިއިރު އެދުނު އެއް ކަމަކީ ބަކާ އާއި އިސްމާއިލް އީސާ (މެސީ) ގެނެވެން އޮތް ނަމަ އެކަން ކުރާށެވެ. ޔުނައިޓެޑް ވިކްޓްރީ މެނޭޖްމަންޓުން އެކަން ކޮށްދިނުމުން ހިތްހަމަޖެހޭ ކަމަށް މުހަންމަދު ބުނެފައެވެ.

މެސީ (އީސަ) އަށް ރެސްޕެކްޓް ނުކުރާ ކުޅުންތެރިއަކު މި އަލަށް އަރާ ކުޅުންތެރިންތެރެއަކު ނުހުންނާނެ ކަންނޭނގެ. ބަކާ ދައްކާ ވާހަކަ ވެސް އަދި މެސީ ދައްކާ ވާހަކަ ވެސް ހުރިހާ ކުޅުންތެރިން އަހާނެ،"

– މުހަންމަދު ބުނެފައިވެއެވެ.

މުހައްމަދު ބުނީ ބަކާ އާއި ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ އޭނާ ކުރާ ގޮތަށް ޓީމު ލީޑުކުރެވޭނެ އެހެން ކުޅުންތެރިއަކު އެ ޓީމުގައި ނެތުމުން ކަމަށެވެ. ލީގުގައި އަންނަ އާދީއްތަ ދުވަހު ޔޫވީ ނުކުންނާނީ މާޒިޔާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.