މަސްވެރިންނަށް އިންޝިއުރަންސް ސްކީމެއް ތަޢާރަފްކުރާނަން: ނާޒިމް

މަސްވެރިންނަށް އިންޝިއުރަންސް ސްކީމެއް ތަޢާރަފްކުރާނަން: ނާޒިމް

ގުޅުންހުރި

މަސްވެރިންނަށް ޚާއްޞަ އިންޝިއުރަންސްއެއް ތަޢާރަފްކުރައްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ގއ.ވިލިގިނލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި މަސްވެރިންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަަމަށެވެ. މަސްވެރިންނަށް މިހާތަަނށް އޮތް އެންމެ ބޮޑު ދައްޗަކީ މަސްވެރިންނަށް ބޭންކުތަކުން ލޯނު ހޯދުމަށް އޮތް ދަތިކަންކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ މަސްވެރިންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުންކަަމަށް ވިދާޅުވެ ނާޒިމް ވަނީ މަސްވެރިންގެ އެ މައްސަލައަށް ޙައްލެއް ގެނެސްދެއްވާނެކަމަށެވެ. އަދި މަސްވެރިންނަށް ޚާއްޞަ އިންޝިއުރަންސްއެއް ތަޢާރަފްކޮށް، 20 އަހަރު ތެރޭ ފައިސާ ލިބޭނެގޮތް ހަމަޖައްސަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މަސްވެރިންނަށް މަސްކިރުވުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ކޫއްޑޫގައި  200 ޓަނު މަސް ބަންދުކުރެވޭނޭ ކާރުޚާނާއެއް ޤާއިމްކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި 1،500 ޓަނުގެ މަސް ކިރޭނޭ ނިޒާމެއް ވެސް އެރަށުގައި ޤާއިމްކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ވިލިނގިލީގައި ދޯނި އެހެލުމަށް ޚާއްޞަ ސަރަހައްދެއް ތަރައްޤީކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްދީ ކޫއްޑުއާއި ބްރިޖަކުން ގުޅާލުމަށްވެސް ނާޒިމް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ