ކޯވިޑްގައި ބަލިމީހުން އުފުލަން އަނބިދަރީން ނެފުނި ޓެކްސީކުރި ޑްރައިވަރުންނަށް އަންގިއެއްވެސް ދިއްކޮށްނުލި!

ކޯވިޑްގައި ބަލިމީހުން އުފުލަން އަނބިދަރީން ނެފުނި ޓެކްސީކުރި ޑްރައިވަރުންނަށް އަންގިއެއްވެސް ދިއްކޮށްނުލި!

ގުޅުންހުރި

ކޯވިޑްގެ ތެރޭގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެތައް ބަލިމީހުން ޓެކްސީތަކުގައި އުފުލި ޑްރައިވަރުންނަށް މިސަރުކާރުން ކޮށްދިން ހަމަ އެއްކަމެއްވެސް ނެތްކަމަށް ޓެކްސީ ޑްރައިވަރުނން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ވަނީ މިސަރުކާރުން ވެރިކަމަށް ވަޑައިގެންނެވިއިރު ވައުދުވީ އެއްވެސް ކަމެއް ޑްރައިވަރުންނަށް ވެފައި ނުވާކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޓްރާސްޕޯޓް މިނިސްޓްރީ ތެރެއިން ޑްރައިވަރުންނާއިމެދު ޢަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

ޓެކްސީ ޑްރައިވަރުންނަކީވެސް އެތައް ޢާއިލާއެއް ބަލަހައްޓަމުންދާ ޓެކްސީ ދުއްވައިގެން ލިބޭ ޢާމްދަނީން ދިރިއުޅޭ ބަޔަކަށްވާއިރު އެކަން މިނިސްޓްރީން ނުދެކުނު ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ. ޚާއްސަކޮށް ކޯވިޑްގެ އުދަނގޫ ދަނޑިވަޅުގައި ބަލިމީހުން އުފުލުމަށް ޑްރައިވަރުން އަނބިދަރީންގެ ރައްކަލަށް ގެއަށް ނުވަދެ، ޓެކްސީގައި ނިދައިގެން އުޅުނު މީހުންނަށް ސަރުކާރުން ކޮށްދިން ހަމަ އެއްކަމެއްވެސް ނެތްކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް ޑްރައިވަރުން އަނބިދަރީން ލޮލަށް ނުފެނި، ޓެކްސީގައި ނިދައިގެން ބަލިމީހުން އުފުލަން ކޯވިޑްގައި އުޅުނު. ނެތޭ އިނގޭތޯ އަންގިއެއްވެސް ދިއްކޮށްލާފަ. ކުޑަމިނުން އަޅުގަނޑުމެން ފުރާނަ އަތްމައްޗަށް ލައިގެން ކުރި މަސައްކަތަށް ދިނީ ހިތްދަތިކަން.

– ޑްރައިވަރަކު ވަރަށް އަސަރާއިއެކު ބުންޏެވެ.

ޑްރައިވަރުން ބުނީ މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށާއި، ހަމައެއް ލަމައެއްނެތި ސްޓިކާ ޖެހުން މިހާރު ހައްދުން ނެއްޓިފައިވާކަމަށެވެ. މިކަންކަމަށްވެސް މިނިސްޓްރީެއަށް ގެނެނުވުނު ހައްލެއް ނެތްކަމަށެވެ. މިސްކިތައް ނަމާދުކޮށްލަން ޓެކްސީން ފައިބައިން ނަމާދުކޮށްލާފަ އަންނަ އިރު އޮންނަނީ ސްޓިކާ ޖަހާފައިކަމަށް ޑްރައިވަރުން ބުންޏެވެ. ޑްރައިވަރުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް މުއިއްޒުގެ އެއްބާރުލުމަށް އެދިފައެވެ.

ޑރ.މުއިއްޒު ވަނީ މިމައްސަލަތަކަށް ހައްލު ގެންނާނެ ގޮތްތައް ހިއްސާ ކުރައްވާ، ޑްރައިވަރުން ކުރާ މަސައްކަތަކީ ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، ޤާނޫނުތަކާއި ގަވާއިދުގެ ތެރެއިން ހަމަޖެހެންޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި ވެރިކަން ލިބުނަސް ޓެކްސީ ޑްރައިވަރުންނާއި ބައްދަލުވެ ވާހަކަ ދައްކަވާނެ ކަމަށާއި، ވެރިކަން ލިބުމަކީ ރައްޔިތުންނަށް ފިލައި ބައްދަލު ނުވާނެ ނީހަކަށް ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ