ރިހަނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް

ރިހަނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް

Author
ފާތިމަތު ނާވީ
26 އޮގަސްޓް 2023 07:22
0

މީގެ ހައެއްކަ މަސްކުރިން ބަނޑުބޮޑުކަން އިއުލާން ކުރި މަޝްހުރު ލަވަކިއުންތެރިއާ ރިހާނާ ވިހަފައިއެވެ.

މިއުޒިކް މެގަސްޓާ އަދި ވިޔަފާރިވެރިޔާ ދެވަނަ ފަހަރަށް މަންމައަކަށް ވީ މި މަހުގެ ކުރީކޮޅު ކަމަށް ނިއުސް އައުޓްލެޓް ޓީއެމްޒެޑް އިން ބުނެފައި ވެއެވެ. ރިހާނާ ވެހެއި ކަން އޭނާ އިއުލާން ކޮށްފައި އެއް ނުވެއެވެ.

ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ ރެޕާ، އެޕީ ރޮކީގެ އަލަތު ދަރިފުޅު ލިބުންތާ އަހަރު ނުވަނީސް ރިއާނާއަށް ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކުރުމާއި އެކުގައި ގިނަބަޔަކު ވަނީ މަރުހަބާ ކިޔައިފައިއެވެ.

ރިއާނާ، 34، އަށް ފުރަތަމަ ދަރިފުޅު ލިބުނީ 2022 އަހަރުގެ މެއި މަހު އެވެ. އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ރިހާނާ އަށް މިފަހަރުވެސް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

 

View this post on Instagram

 

A post shared by badgalriri (@badgalriri)

 

އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.  ރިހާނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަންހެނުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އަދި އޭނާ އަކީ އަމިއްލަ ފެޝަން ބްރޭންޑަކާއި ބިއުޓީ ލައިނެއް ހިނގާ ވިޔަފާރިވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.