ވިސްނުން ބަދަލު ކުރީ ރައްޔިތުން އެދޭގޮތަށް، އެއްބުރުން ރައީސް މިއިންތިޚާބު ކާމިޔާބު ކުރާނެ: ޝިޔާން

ވިސްނުން ބަދަލު ކުރީ ރައްޔިތުން އެދޭގޮތަށް، އެއްބުރުން ރައީސް މިއިންތިޚާބު ކާމިޔާބު ކުރާނެ: ޝިޔާން

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2023 11:40
0

ޑިމޮކްރެޓްސްގައި އުޅުއްވުމަށްފަހު ވިސްނުން ބަދަލުކޮށް އަލުން އެމްޑީޕީއާއި ގުޅުނީ ގިނަ ރައްޔިތުން އެދޭ ގޮތަކީ އެއީކަމަށް ވުމުން ކަމުގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެެެއެވެ.

އަލުން އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި މެމްބަރު ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާ އާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވިސްނުން ބަދަލުކޮށް އެމްޑީޕީއާ އަލުން ގުޅިފައިވާކަމަށެވެ. މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން ހާމަކޮށް ޝިޔާން ވަނީ މިއިންތިޚާބު އެއްބުރުން ރައީސް ޞާލިހު ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފައެވެ.

ދާއިރާއާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާއެއްގޮތަށް އަޅުގަނޑުގެ ވިސްނުން ބަދަލުކޮށް އެމްޑީޕީއާއި އަލުން ގުޅިއްޖައިން. ތޮއްޑޫ ދާއިރާއގެ ސާފު ބޮޑު އައުލަބިއްޔަތާއިއެކު ރައީސް ޞާލިހު މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ.

– ޝިޔާން ވިދާޅުވިއެވެ.

ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެކެވެ. އޭނާ ވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރޭގައެވެ. މި ފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދާއެކުގައެވެ. އެކަމަކު، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ޝިޔާން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ޝިޔާން އެމްޑީޕީ އަށް ސޮއިކުރެއްވި އިރު، ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެހެން ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.