ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
ޝިޔާމް އެމްޑީޕީއަށް ސޮއިކޮށް ފޯމު ހަވާލު ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެވެ.
ޝިޔާން އެމްޑީޕީއާ ގުޅިވަަޑައިމިގަތީ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ އޭނާ ދުރުގައި އުޅުއްވާތާ ދުވަސްވަތަކެއް ވުމަށް ފަހުއެވެ. ނަމަވެސް އޭނާ އެ ޕާޓީ ދޫކޮށްލެވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކެމްޕޭން ކުރުމުގައިވެސް ހަރަކާތްތެރި ވެފައެވެ.
ޝިޔާން އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވަނީ ދަ ޑިމޮކްރެޓްސް ދޫކޮށް، މި މަހުގެ 15 ވަނަ ދުވަހު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު @HassanShiyaan އެމްޑީޕީއަށް ސޮއި ކުރައްވައިފި.#IbuAslam2023#VoteMDP #UfaaveriAmaanRaajje pic.twitter.com/vw6Ec7X2iW
— MDP Secretariat (@MDPSecretariat) August 25, 2023
ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު، އެ މަނިކުފާނަށް ތާއިދު ކުރެއްވި މަޖިލިސް މެމްބަރުން މޭ މަހު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދާކަން އިއުލާނު ކުރެއްވިއެވެ. އެކަން އިއުލާނު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާ އެކުގައެވެ.
ކޮމެންޓު ފޮނުވާ