ކުރީގެ ބަންޑާރަ ނައިބް ޑރ.މުހައްމަދު މުނައްވަރާއި، ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕާއިއެކު ރ.އަތޮޅުގައި ޑރ.މުއިއްޒުގެ ކެމްޕޭން ވަރުގަދަކޮށްފިއެވެ.
ރިޔާސީ ކެމްޕޭނަށް އެންމެ 15 ދުވަހަށް ވެފައިވާއިރު، ޑރ.މުއިއްޒުއާއި ރަނިންމޭޓް ސެމްބެވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރަމުންނެވެ. އެދެބޭފުޅުންނަށް ވަޑައި ނުގެންނެވޭ އަތޮޅުތަކަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެން ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
ރ.އަތޮޅަކީ ޕީޕީއެމްއަށް ތައީދު ބޮޑު އަތޮޅަކަށްވާއިރު، އެއަތޮޅުން ބޮޑު މެޖޯރިޓީއެއް ނެގުމަކީ ޑރ.މުއިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ. ރ.އަތޮޅުގެ ކެމްޕޭން އިތުރަށް ވަރުގަދަ ކުރުމަށް ޑރ.މުނައްވަރާއި، ޑރ.ޚަލީލާއި، ފަލާހު ހިމެނޭހެން ޓީމެއް ވަނީ އެއަތޮޅަށް ފުރާފައެވެ.
Dhiveheenge Camping team R.Atoll rahthakah kurahvaa dhathuruge therin R.Angolhitheemu#DrMuizzuSembe2023 #Vote4Muizzu pic.twitter.com/fY8FfDQehm
— Riyattey (@riyyatey) August 25, 2023
މިދަތުރުގައި ރ.އަތޮޅުގެ ހުރިހަ ރަށަކަށް ވަޑައިގެން ކެމްޕޭންގެ ހަރަކާތްރައް ކުރިއަށް ގެންދާނެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަންކަމަށް ހައްލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.