ހޮޅުދޫން މުއިއްޒަށާއި ގާސިމަށް ވެދުމަށް އެރުވީ "ބިސް"!

ހޮޅުދޫން މުއިއްޒަށާއި ގާސިމަށް ވެދުމަށް އެރުވީ "ބިސް"!

Author
އަހުމަދު
24 އޮގަސްޓް 2023 09:25
0

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނ. ހޮޅުދު އަށް ވަޑައިގަތުމުން "ބިސް"ތަކެއް ވެދުމަށް އަރުވައިފިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް ވަނަންތަކެއް ދީފައި އޮންނަ އިރު، މަޝްހޫރު ވަނަންތަކުގެ ތެރެއިން އެއް ނަމަކީ ހޮޅުދޫ އަށް ނިސްބަތް ކުރާ "ބިސްހޮޅުދޫ" މި ބަހެވެ. މީގެކުރިން އެގޮތަށް އެ ރަށު މީހުންނާ މުހާތަބްކުރާ ނަމަ، އެމީހުން އެކަން ބަލައިގަންނަނީ "ރުޅިވެރި" މޫނަކާ އެކުގައެވެ.

ނަމަވެސް އެ ރަށުގެ ރައްޔިތުން މިއަދު ވަނީ އެ މާޒީ ބަދަލުކޮށްލައިފައެވެ. މިހާރު އެމީހުންނާ ދިމާލަށް އެ ނަމުން ގޮވިޔަސް، މައްސަލައެއް ނެތެވެ. ފަރިވަޅެއް ކަމަށް ހީކުރެވުނަސް، ދެ ބޭފުޅުންނަށް ވެސް ހަދިޔާކޮށްފައި ވަނީ ބިހެވެ. އޭގައި ގިނަ އަދަދެއްގެ ބިސް ހުރީ ފެނު ކައްކައިފައެވެ.

ހޮޅުދޫން ވާހަކަ ދެއްކި ބައެއް މީހުން ކިޔައި ދިން ގޮތުގައި ބިހަކީ މިހާރު ރަށަށް ހާއްސަ ޝަރަފެކެވެ.

"މި ރަށުގައި ނޫޅޭނެ އެހެން ކިޔައިގެން ރުޅި އަންނަ މީހަކު. ބިސް ހޮޅުދޫއޭ ބުނީމަ އެމީހުންނަށް ލިބެނީ ހިތްވަރެއް. ނަފްރަތެއް ނޫން.،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގާސިމާއި މުއިއްޒު ހޮޅުދު އަށް މިއަދު ވަޑައިގެންފައި ވަނީ ތަފާތު ދެ ވަގުތެއްގައެވެ. އެ ދެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވުމުން ދެ ބޭފުޅުންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނުކުމެ، މަރުހަބާ ދަންނަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.