ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ލ.ފޮނަދޫއިން އެކަނިވެސް 200 އެއްހާ އެމްޑީޕީ މެމްބަރުން ވަކިވެފައިވާކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މޫސާ ސިރާޖު ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ދޫކޮށް، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުއަށް ތާއީދު ކުރައްވާ، އެމްޑީޕީން ވަކިވެ ޕީޕީއެމްއާއި ގުޅިފައެވެ. ސިރާޖު އެމްޑީޕީން ވަކިވާ 48 ގަޑި އިރު ނުވަނީސް ފޮނަދޫގެ 200 އެއްހާ އެމްޑީޕީގެ މެމްބަރުން އެޕާޓީން ވަކިވެފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.
ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕގެ އާންމު މެންބަރުން ވަނީ އެޕާޓީގެ ދަފްރަތަރުން ވަކިވުމަށް އެދި ހުށަހަޅާފައި.
– ސިރާޖު ވިދާޅުވިއެވެ.
ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕގެ އާންމު މެންބަރުން ވަނީ އެޕާޓީގެ ދަފްރަތަރުން ވަކިވުމަށް އެދި ހުށަހަޅާފައި. pic.twitter.com/8lyRooQPgn
— Moosa Siraj (@MoosesSiraj) August 23, 2023
މުއިއްޒުގެ ހާޒިރުގައި ޕީޕީއެމްއަށް ސޮއިކުރި ފޮޓޯއާއިއެކު ސިރާޖު ވިދާޅުވެފައިވަނީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ.އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބުގައި އެކަން ބަދަލު ކުރައްވާނެ ކަަމަށެވެ. ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ ސްޕަ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.
ސިރާޖަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ވެސް ދޭތެރެ ދޭތެރެއިން ސަރުކާރަށް ފާޑުވިދާޅުވެ، ބައެއް ކަންކަމުގައި ޕާޓީގެ ފިކުރާއި ދެކޮޅަށް ހިޔާލު ފާޅުކުރައްވާ ބޭފުޅެކެވެ.
One Response
ސިރާޖުމެންކަހަލަަ ތައުލީމީީ ޒުވާނުންނައްް ހެޔޮވިސްނޭނެެ ވަކިވަރެއްވުރެބޮޑައްް ޖާހިލުވީމާާ އެއްވެސްް އެއްޗެއްް ނުވިސްނޭނެެ ގައުމުސަލާމަތްެ ކުރުމުގައިި އެންމެންގެެ ޒިންމާާ އޮންނަންޖެހޭޭ މިފަސްއަހަރުތެރޭގަަ ރާއްޖޭގަަ ތަކެތީގަަ އަގައްް އައީި ދިވެތާރީހުގަަވެސްް ނުވާވަރުގެެ އަގުބޮޑުވުމެއްް ރައްޔިތުންް ފަގީރުވެެ ނިކަމެތިވެއްޖެެ ދަތުރުފަތުރުގެެ ވަރައްބޮޑައްް ބޮޑުވެއްްޖެެ އިމާރާތްކިރުމުގެެ ހަރަދުވަރައްބޮޑުވެއްޖެެ ސިއްހީދާއިރާގެެ އަގުތައްް ވަރައްބޮޑުވެއްޖެެ ތައުލީމީދާއިރާގެެ އަގުތައްް ވަރައްބޮޑުވެއްޖެެ ކެއިންބުއިމައްކުރާާ ހަރަދުވަރައްބޮޑުވެއްޖެެ ދަޑުވެރިކަމާާމަސްވެރިކަމައްް ކުރާހަރަދުު ވަރައްބޮޑުވެއްޖެެ ކަރަންޓާފެނައްކުރާާ ހަރަދުދ ވަރައްބޮޑުވެއްޖެެ އަންނައުނާާ ރީތިވުމައްބޭނުންކުރާތަކެތީގެެ އަގުތައްް ވަރައްބޮޑައްް ބޮޑުވެއްޖެެ ގޭހާތެލައްކުރާާ ހަރަދުތައްް ވަރައްބޮޑައްް ބޮޑުވެއްޖެެ ހުރިހާއެއްޗެއްގެެ އަގުތައްް ވަރައްބޮޑައްް ބޮޑުވެއްޖެެ