ފުލުހުންގެ ޚިދުމަތާ 100 މުވައްޒިފަކު އަލަށް ގުޅިއްޖެ

ފުލުހުންގެ ޚިދުމަތާ 100 މުވައްޒިފަކު އަލަށް ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2023 03:35
0

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު އިބްރާހިމް އިހްސާންއެވެ.

މި ރަސްމިއްޔާތުގައި 100 ފުލުހުން ހުވާކޮށް, ހުވާގެ އިގުރާރުގައިވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 53 ފިރިހެން ފުލުހުންނާއި 47 އަންހެން ފުލުހުންނެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސަސް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޮއިމެންޓް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.