ޤައުމު އަޅުވެތި ކުރިބަޔަކަށް ހޯދޭނެ އަމާން ރާއްޖެއެއް ނޯންނާނެ: ޑރ. މުނައްވަރު

ޤައުމު އަޅުވެތި ކުރިބަޔަކަށް ހޯދޭނެ އަމާން ރާއްޖެއެއް ނޯންނާނެ: ޑރ. މުނައްވަރު

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2023 10:58
0

ދިވެހިންގެ މިނިވަންކަން ދޫކޮށް އަޅުވެތިކަމަށް ދީއްލާލާފައިވާ ހާލަތުގައި ދެވޭނެ އާމާން ރާއްޖެއެއް ނެތްކަމުގައި ކުރީގެ ބަންޑާރަނައިބް ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭންގައި މުއިއްޒުގެ ކެމްޕޭނާއި ގުޅިވަޑައިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން މުނައްވަރު ވިދާޅުވީ އުފާވެރި އަމާން ރާއްޖެއަކަށް ދެވޭނީ މިހާރު އޮތް އަޅުވެތިކަމުން ސަލާމަތް ވެގެން ކަމަށެވެ. ރާއްޖޭގެ ކަނޑުން ބޮޑުބައެއް ވިއްކާލައި، ބޭރުގެ ސިފައިންނަށް ރާއްޖޭގެ އުތުރާއި ދެކުނުން ޖާގަދީ މިނިވަންކަން ނަގާލާފައިވާ މިދަނޑިވަޅުގައި ދައްކަންވީ، އަދި ހުށަހަޅަންވީ ވައުދަކީ މިނިވަންކަމުން މިނިޖުވާނެ ގޮތެއް ހޯދަންކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މުއިއްޒުއަށް ތާއީދު ކުރީ ރާއްޖޭގެ ކަނޑުން ވިއްކާލި ބައި ހޯދަން މަސައްކަތްކޮށް ދިވެހިންގެ ފަސްގަނޑު ދިވެހިންގެ މާކަނޑު ދިވެހިންނަށް ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންކަމަށެވެ.

އަޅުވެެތި ކަމަކަށް ގެންގޮސް ގެން އުފާވެރި ކަމެއްވެސް އަމާންކަމެއްވެސް ނުލިބޭނެ. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. ގެއްލުނުބައި ހޯދަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތުމުން އަޅުގަނޑު މިތާ މިހުރީ.

– މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ދިވެހިންނަކީ ވަރަށް ވަރުގަދަ ގައުމީ ލެޔެއް ހިނގާ ބައެއް ކަމަށާއި މިނިވަން ކަމަށް ވަރަށް ލޯބިކުރާ ބައެއް ކަމަށެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި މިހާ ދުވަހު ރާއްޖެ މި އޮތީ ގައުމީ ލޭ ނާރުތަކުގައި ހިނގާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ ސަރުކާރަށް ގޮވާލައްވަނީ މަސްއޫލިއްޔަތު އަދާކޮށް ރާއްޖޭގެ ސަރަހައްދު ގާނޫނުން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ދަހަމައްޓައި ދިނުމަށް ކަމަށެވެ. މިހާރު ކަނޑުގެ ސަރަހައްދު ވިއްކާލާފައި އޮތީ އިހުމާލުން ކަމަށް ގަބޫލްކުރެވޭކަށް ނެތް ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މިން ކަނޑައެޅިފައި ނެތޭ ސަރުކާރުން ބުނާ ބުނުމަކީ ދޮގެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނުތަކުން މިން އޮތީ ކަނޑައެޅިފައި ކަމަށް ވިދާޅުވިއެވެ.

ދިވެހިން ތިބީ ރާއްޖޭގެ ކަނޑުން ބައެއް ރައީސް ސޯލިހާއި ސަރުކާރުން ދޫކޮށްލީމަ އެކަމަށް ރުހިގެން ނޫން ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. ކަނޑުން ދޫކޮށްލި ބައި ނުހޯދޭ ނަމަ، ރައީސް ގެއަށް ވަޑައިގަތުމަށް މީގެ ކުރިންވެސް ޑރ.މުނައްވަރު ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥަހީދު
ފޮޑިވާހަކަފުޅު ތިދައްކަނީ އެޓާނީ މަގާމުފުރި ޑޮކްޓަރުގެ ފަރާތުން ދިވެހިންނަށް ތާއަބަދު ކަމެއްއުޅޭކަން އަންގާވެސް ނުލާ. ފޯޅަވައްސަކީ ދިވެހިންގެ ތަނެކޭ ބުނަންނުކެރި އެތާގެ ފަޅު ހޯދާނީ ކިހިނެއް. ތީގައުމަކާގެން ވިސްނާބައެއްނޫން