ހުޅުމާލެއިން 62.6 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށް، މަސައްކަތް ފަށައިފި

ހުޅުމާލެއިން 62.6 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށް، މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2023 01:47
0

ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާ، ދިޔަނެރު ފަޅު އަދި ތިލަފުށި ބޭނުންވާ ބިން ހިއްކުމަށް ސީ.އެމް.ސީ އާ ހަވާލުކޮށް މަސައްކަތް ފަށައިފިއެވެ.

ސީ.އެމް.ސީ އާއި ހަވާލްކޮށްގެން ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ދަނީ ފެށިގެން ކުރިއަށް ދަމުންނެވެ. އެގޮތުން ހުޅުމަލޭގެ ފޭސް 3، ދިޔަނެރު، ތިލަފުށި އޭރިއާ ޑީ، ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް އާއި ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް މި ކޯޕަރޭޝަނުން ޤަބޫލުކުރަމެވެ.

އަރބަންކޯގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.