މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ތުހުމަތުގައި ތިނަދޫގެ ކުރީގެ ގާޒީ ހޯދަނީ

މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ތުހުމަތުގައި ތިނަދޫގެ ކުރީގެ ގާޒީ ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2023 01:00
0

މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވަނީ އޭނާ ހޯދަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ކަމަށެވެ. ފުލުހުންނަށް އަމުރުކޮށްފައިވަނީ އެނާގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށެވެ.

ފުލުހުން ބުނި ގޮތުގައި އިބްރާހީމް ރަޝީދު ހޯދަމުންދަނީ ދައުލަތުން ދައުވާ ކުރާ ޑައިމޯފިނުން މުއާމަލާތްކުރުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ.

އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 09:45 އަށެވެ. ފުލުހުން ވަނީ އިބްރާހީމް ރަޝީދާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ތިނަދޫ މެޖިސްޓްރޭޓްގެ ގޮތުގައި ހުންނަވަނިކޮށް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރަން ނިންމީވެސް މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.