ޝޭޚު އުސްމާނު އަބުދުﷲ އަވަހާރަވެއްޖެ

ޝޭޚު އުސްމާނު އަބުދުﷲ އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އުސްމާނު އަބުދުﷲ ނިޔާވެއްޖެއެވެ. ޝެއިޚު އުސްމާނު އަބުދުﷲ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދީނީ ޢިލްމު ފަތުރުއްވާ އަދި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ދީނީ އިލްމުވެރިއެކެވެ.

އުމުރުން 85 އަހަރުގައި ޝެއިޚް އުސްމާނު އަބުދުﷲ ނިޔާވިއިރު، އާއިލާގެ ބޭފުޅަކު ކިޔައިދިން ގޮތުގައި އޭނާ ނިޔާވީ ވުޟޫކުރައްވައިގެން ފަތިސް ނަމާދަށް ތައްޔާރުވަމުން ދަނިކޮށެވެ.

ޝެއިޚް އުސްމާނު އަބުދުﷲ އަކީ ވަރަށް ކުރިއްސުރެ ދިވެހންގެ ތެރޭގައި ދީނީ މައުލޫމާތު ފެތުރުއްވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭގެ ތެރެއިންވެސް އޭނާ ޚާއްސަވީ ޒަކާތާބެހޭ މައުލޫމާތު ފެތުރުއްވުމަށް ޚާއްސަ އިސްކަމެއް ދެެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އޭނާވަނީ ޒަކާތް ދިނުމުގެ މުހިންމުކަމުގެ މައްޗަށް ފޮތްތައްވެސް ލިޔުއްވާފައެވެ.

އިސްލާމްދީން އުނގަންނައި ދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އުސްމާން އަބްދުﷲ އަށް ވަނީ 2012 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އޭނާ ވަނީ، ޒަކާތާ ބެހޭ އޮފީހާއި ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަ އާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަ އާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުގެ އެކިއެކި  ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

ޢުޘްމާން ޢަބްދުﷲގެ އެކި ލިޔުއްވުންތައް ރާއްޖޭގެ އެކި ނޫސް މަޖައްލާތަކުގައިވެސް ގިނަ ޢަދަދަކަށްވަނީ ޝާއިޢުކުރެވިފައެވެ. މީގެއިތުރުން ރައީސް އޮފީހުން ހަފްތާއަކު އެއްފަހަރު ނެރުއްވަމުންގެންދެވި "ދީނުގެ މަގު" ނޫހަށްވެސް ލިޔުއްވާފައިވެއެވެ. ދީނީގޮތުން ޢާއްމުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން ޢުޘްމާން ޢަބްދުﷲވަނީ ކުރީގެ މަޢުޙަދުއްދިރާސާތުލް އިސްލާމިއްޔާ އުފެދުނީއްސުރެ މުދައްރިސެއްގެ ގޮތުގައި ދިގުމުއްދަތެއްގައިވަނީ ޚިދުމަތްކުރައްވާފައެވެ.

މީގެއިތުރުން އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔވައިދެއްވާ އެތައް އިމާމުންނެއް އުފެއްދެވުމުގައިވެސް އިސްދައުރެއްވަނީ އަދާކުރައްވާފައެވެ. ޢުޘްމާން ޢަބްދުﷲވަނީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްއާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްއާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދިނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2012 ސަރުކާރުންވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *