ތުލުސްދޫ އެމްޑީޕީ ގޮފީގެ ރައީސް ހިމެނޭހެން ގިނަ ޒުވާނުންތަކެއް ޕީޕީއެމްއަށް!

ތުލުސްދޫ އެމްޑީޕީ ގޮފީގެ ރައީސް ހިމެނޭހެން ގިނަ ޒުވާނުންތަކެއް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 07:30
0

ކ.ތުލުސްދޫ އެމްޑީޕީ ގޮފީގެ ރައީސް އަދި ޔޫތު މިނިސްޓްރީގެ ކަންކަން އެރަށުގައި ބަލަހައްޓަވާ ނިމާލް ހަމީދު ހިމެނޭހެން ގިނަ އަދަދެއްގެ ޒުވާނުން މިއަދު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޯމުތަކާއި ހަވާލުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީީގެ ރައީސް އަބްދުއްރަހީމެވެ. މިރަސްމިއްޔާތުގައި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލާއި ޕީޕީއެމް، ޕީއެންސީ ލީޑަރޝިޕް ގިނަ ބޭފުޅުން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ނިމާލްވަނީ ތުލުސްދޫގެ ޒުވާނުންނަށް ސާބަސް ދެއްވާފައެވެ. އަދި ކުރިއަށް އޮތް ޕީޕީއެމް ޕީއެންސީ ސަރުކާރުގައި ޒުވާނުންނަކީ އެންމެ މުހިންމު ދައުރެއް އަދާކުރާނެ ބަޔަކަށްވާއިރު ޒުވާނުން އެޕާޓީއާއި ގުޅުމަކީ ލިބިގެންދާ ބޮޑު ހިތްވަރެއްކަަމށް ނިމާލް ވިދާޅުވިއެވެ. މިއަދު ސޮއިކުރި ޒުވާނުންގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ޒުވާނުންނާއި، އަލަށް ޕާޓީއަކާއި ގުޅުނު ޒުވާނުން ހިމެނެވެ.

ތުލުސްދޫ ޒުވާނުންގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު ވަޑައިގަންނަވާ ގިނަ ރަށްތަކުން ގިނަ އަދަދެއްގެ ޒުވާނުން ދަނީ ޕީޕީއެމް، ޕީއެންސީއާއި ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.