ކެންސަރު ބަލީގައި، އާނިޔާ ނިޔާވެއްޖެ

ކެންސަރު ބަލީގައި، އާނިޔާ ނިޔާވެއްޖެ

Author
ހުސެއިން
20 އޮގަސްޓް 2023 11:19
0

ނޫސްވެރިކަމުގައާއި އަދި ރާއްޖެއަށް ގެނެވުނު އިސްލާހީ މަސައްކަތުގައި އަޑުއުފުއްލެވި އައިޝަތު އާނިޔާ ކެންސަރު ބަލީގައި ނިޔާވެއްޖެއެވެ.

އާނިޔާއަކީ ރާއްޖެއަށް އިސްލާހީ ހަރަކާތްތައް ތައާރަފްވެގެން އައިއިއިރު އެންމެ ބޮޑަށް އޭރު ހިނގި މިނިވަން ރޭޑިއޯއާއި މިނިވަން ނޫސް ހިންގުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރިފަރާތެކެވެ. އޭނާ ނިޔާވެފައިވަނީ ކެންސަރު ބަލީގެ އެންމެ ފަހު ސްޓޭޖުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އާނިޔާ އަކީ ރައީސް މައުމޫންގެ ވެރިކަން ބަދަލުވެގެން އައިއިރު، އޭރު ވަރަށް ބޮޑަށް އިސްލާހަށް އަޑު އުފުއްލެވި ފަރާތެކެވެ. އެއަށްފަހު އޭނާވަނީ އެމްޑީޕީގެ އިސް މަގާމަތައްވެސް އަދާ ކޮށްފައެވެ. މިގޮތުން އާނިޔާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފައެވެ.

އެހެންނަމަވެސް ފަހުން އޭނާ ފެނިގެން ދިޔައީ އެމްޑީޕީ ބައިބައިވެގެން ދިއުމަށްފަހު ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭނާ އެމްޑީޕީން ވަކިވީ 2022 ވަނަ އަހަރުގެ މޭމަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.