ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ޖަގަހައެއް ހުޅުމާލޭގައި ހުޅުއްވައި ދެއްވައި އަސްލަމް ވިދާޅުވީ ވެރިކަމުގައި މިހާރު ހުންނެވި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުންނާއި ގައުމަށް ތެދުވެރި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
އަސްލަމްގެ މިސާލުތަކާއި ވާހަކަފުޅު ބޮޑަށް ބައްޓަން ކުރެއްވީ ކޯވިޑްގައި ރައީސް ޞާލިހުގެ އަމަލު ކުރެއްވި ގޮތަށެވެ. އަސްލަމް ވިދާޅުވީ މުޅި ދުނިޔެ ބަންދުވެ ޤައުމުތައް ދަތި ހާލުގައި އުޅެމުންދިޔަ އިރުވެސް މިސަރުކާރުން ޚާއްސަކޮށް ރައީސް ޞާލިހު ގެންގުޅުއވި ދުރުވިސްނޭ ސިޔާސަތުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. އަދި އެދުވަހު އެކި ޤައުމުތަކުން ދެއްވި ދީލަތި އެހީތަށް ރައީސް ޞާލިހު ބޭނުން ކުރައްވާފައިވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންނަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެ ހުރިހާ ކަމެއް ކުރަމުން އިކޮނޮމީ ހިފަހައްޓާލި ހިފަހައްޓާލުމަކީ މޮޅު އިކޮނޮމިސްޓަކު އެކަން ކުރާނެ ގޮތް. ރައްޔިތުންދެކެ ލޯބިވާ ރައީސަކު އެކަން ކުރާނެ ގޮތް. ރައީސް އިތުރުފުޅެއް ނުހައްދަވާނެ. ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައި ނުގަންނަވާނެ. ލިބޭ އެއްޗަކުން އެ ހަރަދު ކުރައްވަނީ.
– އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އޮތް އިކޮނޮމިކް ކްރައިރިސްގެ ސަބަބުން އޭރުގެ ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ މުވައްޒިފުން ވަޒީފާތަކުން ކަނޑައި މުސާރަތައް ކުޑަ ކުރެއްވި ކަމަށެވެ. ނަމަވެސް އެއަށްވުރެ މާބޮޑު ކްރައިސިސްއެއް ކުރިމަތިވިއިރުވެސް އެއްވެސް މީހެއް ވަޒީފާއިން ވަކި ނުކޮށް މުސާރަވެސް ކުޑަ ނުކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދައުރާއި އެހެން ވެރިކަންތަކާއި ތަފާތުހުރިކަން ދިވެހި ކޮންމެ ރައްޔިތަކުވެސް ހެކިވާނެކަމަށެވެ. ރައީސް ޞާލިހަކީ ރައްޔިތުންނަށް ތެދުވެރިކަމާއިއެކު ޚިދުމަތް ކޮށްދެއްވާނެ ބޭފުޅެއްކަން ރައްޔިތުން އިތުބާރާއިއެކު ގަބޫލު ކުރައްވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.
2 Responses
ކެންޕޭނައްވެސް ދަނީ ސަރުކާރުގެ އުޅަދުފަހަރުގަ ވޯލްޑުބޭންކުންނާއެކިތަށްތަނުން ދން.މިލިޔަންމިލިޔަށް.ޑޮލަރުތަކޯ ކޮތަޅުންނާ ދުއްވާތަކެތިންއެކިނަޒްނަމުގާނަގާޓެކުސްތަކުން.ސަރުކާރުހިންގަނީ.
އިބޫގެ ރަނިއްމޭޓު އިބޫއައް މަލާމާތުގެ ބަސްތަކުންޖަހާފި ދައުލަތެގެ ލޯލާރީޔަކުވެސް އިބޫ ނުޖެހޭވާހަކަ ބުނި އިރު އަސްލަމުއަށްވެސް އިގެ އިބޫ އެމްއެމްޕީއާރު ސީ 37 މިލިޔަން ރުފިޔާކާލިކަން ވެންޓިލޭޓަރު 35 މިލިޔަން ކާލިކަން އެގިހުރެ އަސްލަމު އެވާހަކަ ބުނާއިރު އެގޭދޯ