ނިލަންދޫން އޮތް ތާއީދު ދައްކާލައި، ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅިއްޖެ!

ނިލަންދޫން އޮތް ތާއީދު ދައްކާލައި، ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅިއްޖެ!

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2023 10:32
0

ރިޔާސީ ކެމްޕޭނަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ފ.އަތޮޅު ނިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުން އޮތް ޓާއީދު ދައްކާލައިފިއެވެ.

މުއިއްޒުއާއި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ނިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެ މުއިއްޒުއަށް މަރުހަބާ ދަންނަވާފައެވެ. ޕީޕީއެންއަށް ބޮޑު ތާއީދެއް އޮންނަ ނިލަންދޫއިން މުއިއްޒުއަށް ކިޔާފައިވާ މަރުހަބާއަކީ މިހާތަނަށް ރިޔާސީ ކެމްޕޭންގައި ރަށަކަށް ވަޑައިގަތުމުން މުއިއްޒުއަށް ކިޔާފައިވާ އެންމެ ހޫނު މަރުހަބާކަން ފާހަގަކޮށްލެވެއެވެ.

ލޯންޗުން މުއިއްޒު ފައިބައިވަޑައިގެން އެއްވެ ތިބި މީހުންނާ ސަލާމް ކުރައްވަން ފެއްޓެވުމާ އެކު، ތަރުހީބުގެ އަޑުން އެ ސަރަހައްދު ގުގުމާލިއެވެ. "މުއިއްޒު، ހޮވަމާ"، "މުއިއްޒު، އެއް ބުރުން"، "ދިވެހީންގެ ރާއްޖެ ހޯދުމަށް މުއިއްޒަށް ވޯޓެއް" މިފަދަ އެތައް ޝުއޫރުތަކެއް އެއްވެ ތިބި މީހުން ދިޔައީ ފާޅުކުރަމުންނެވެ.

މުއިއްޒު ދ. އަތޮޅަށާއި ފ. އަތޮޅަށާއި މ. އަދި ވ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ފޯރިއެއް ނެގި ރަށަކީ ނިލަންދޫއެވެ. އެމީހުން ތިބީ މިފަހަރުގެ ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބުކޮށް ދިނުމަށް އެކަތިގަނޑެއްގެ ގޮތުގައެވެ.

މުއިއްޒުގެ ކެމްޕޭންގައި މިރޭ ބޭއްވި ޖަލްސާގައި ނިލަންދޫއިން ގިނަ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. ފޯމުތަކާއި ހަވާލުވީ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

110 ވޮ